ads
20 ރަށެއްގައި ކުނި މެނޭޖްކުރާ މަރުކަޒުތައް ގާއިމުކުރުމަށް އަޒްރޯވާ މޯލްޑިވްސް އާ ހަވާލުކުރުން - ފޮޓޯ:ޕްލޭނިން މިނިސްޓްރީ
109 މިލިއަނަށް 20 ރަށެއްގައި ކުނި މެނޭޖްކުރާ މަރުކަޒުތައް އަޅަން ހަވާލުކޮށްފި
ވިހި ރަށެއްގައި ކުނި މެނޭޖްކުރާ މަރުކަޒުތައް ގާއިމުކުރުމުގެ މަސައްކަތް އަޒްރޯވާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާ ހަވާލުކޮށްފިއެވެ.

20 ރަށެއްގައި ކުނި މެނޭޖު ކުރާ މަރުކަޒުތައް ގާއިމު ކުރުމުގެ މަސައްކަތް އަޒްވޯރާ އާ ހަވާލު ކުރުމަށް ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އަޒްވޯރާ މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޕްރޮޖެކްޓް މެނޭޖަރެވެ. ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ.

ޒޯން އެކެއްގައި ހިމެނޭ ހއ. މާރަންދޫ، އުލިގަން، މޮޅަދޫޫ، ތަކަންދޫ، މުރައިދޫ އަދި ދިއްދޫގައި ކުނި މެނޭޖްކުރާ މަރުކަޒުތައް ގާއިކުރުމުގެ މަސައްކަތް އަޒްވޯރާ އާ ހަވާލުކޮށްފައިވަނީ 30.8 މިލިއަން ރުފިޔާއަށެވެ.

ކުނި މެނޭޖްކުރާ މަރުކަޒުތައް ޒޯން ދޭއްގައި ހިމެނޭ ހދ. ނޮޅިވަރަމް، ކުމުންދޫ، ވައިކަރަދޫ، މަކުނުދޫ، ފިނޭ، ހިރިމަރަދޫ، ކުރިނބީ އަދި ނޭކުރެންދޫގައި ގާއިކުރުމުގެ މަސައްކަތް އަޒްވޯރާ އާ ހަވާލުކޮށްފައިވަނީ 47.4 މިލިއަން ރުފިޔާއަށެވެ.

ޒޯން ތިނެއްގެ ށ. ބިލެއްފަހި، ފީވައް، ފޭދޫ، ކަނޑިތީމު، ޅައިމަގު އަދި ނޫމަރާގެ މަސައްކަތް ހަވާލުކޮށްފައިވަނީ 30.9 މިލިއަން ރުފިޔާއަށެވެ.

މި 20 ރަށުގެ މަސައްކަތް ޕްލޭނިން މިނިސްޓްރީގެ ފަރާތުން އަޒްވޯރާ އާ ހަވާލުކޮށްފައިވަނީ އަށް މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ހަވާލުކުރާ ގޮތަށެވެ.

މި މަޝްރޫއަކީ އޮޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) ލޯން އެހީ އަދި ދިވެހި ސަރުކާރުގެ ބަޖެޓުން ހަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް