ރާއްޖެޓީވީގެ ފަށާއިރު ޕްރޮގުރާމުގައި މިއަދު ވާހަކަ ދައްކަވަމުން ފަޒުނާ ވިދާޅުވީ ރައީސް ސޯލިހު ހިޔާނާތްތެރިވެވަޑައި ނުގަންނަވާނެ ކަމާއި، ވައްކަން ނުކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަބަދު ވެސް އޮންނަ ކަމަށެވެ.
ފަޒުނާ ވިދާޅުވީ ރައީސް ސޯލިހު ވައްކަންކޮށް ހިޔާނާތްތެރިވެވަޑައިނުގަންނަވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތް ނަމަވެސް ރާއްޖޭގެ ވެރިކަމަށް އަނެއްކާ ވެސް ޑިކްޓޭޓަރަކު އަތުވެއްޖެ ނަމަ ރައީސް ސޯލިހު ވެސް ޖަލަށްލާފާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
ފަޒުނާ ވިދާޅުވީ ރައީސް ސޯލިހު ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމަކީ ހައިރާންކަން ލިބިވަޑައިގެންނެވި ކަމެއް ނޫން ކަމަށާއި ރައްޔިތުންގެ މަޖިލީހުގައި ވެސް ދައުރަކަށްފަހު ދައުރެއް ފުރިހަމަ ކުރައްވަމުން ގެންދަވާފައިވާތީ ރައީސް ކަމުގެ ދެވަނަ ދައުރަކަށް ކުރިމަތިނުލައްވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
ފަޒުނާ ވިދާޅުވީ ރައީސް ސޯލިހަކީ ބަދަލު ހިއްޕަވާ ބޭފުޅެއް ނޫން ކަމަށާއި، ހިޔާލުފާޅު ކުރުމުގެ މިނިވަންކަމަކީ އޮންނަން ޖެހޭ ކަމެއް ކަމަށް އަބަދު ވެސް ރައީސް ސޯލިހު ހިތުގެ އަޑިން ގަބޫލުފުޅު ކުރައްވާ ކަމަށެވެ.