ads
ސަލީމާއި ގާސިމު---
ގާސިމުގެ މެސެޖެއް ސަލީމަށް: ދެން މަޖިލީހަށް ހޮވޭތޯ ބަލާނަން
ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާގެ މެންޑޭޓުގައި ހުރި ކަންތައްތަކެއް މެންޑޭޓުން އުނި ކުރި ކަމުގެ ތުހުމަތާއެކު ހޯރަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމަށް ގާސިމު މެސެޖެއް ދެއްވައިފިއެވެ.

ކެމްޕޭނަށް ހޯރަފުއްޓަށް ވަޑައިގެން މިރޭ ވާހަކަ ދައްކަވަމުން ގާސިމު ވިދާޅުވީ އައިޝާގެ ހިތުގައި ޖައްސާފައި މިނިސްޓްރީގެ މެންޑޭޓުގައި ހުރި ކަންތައްތަކެއް ނަގާފައިވާ ކަމަށެވެ. ގާސިމު ތުހުމަތު ކުރެއްވި ގޮތުގައި އެކަން ކޮށްފައިވަނީ ސަލީމުގެ ބަހަށެވެ. 

"އަޅުގަނޑުގެ އަނބިކަނބަލުން ޓްރާންސްޕޯޓު މިނިސްޓަރު ކަމުގައި ބަހައްޓާފައި، ހިތްދަތިކަމުގައި ވޭނުގައި ބަހައްޓާފައި، އެތާގެ މެންޑޭޓުގައި ހުރި ހުރިހާ ކަންތައްތަކެއް ނަގާފައި އެކަހެރިކޮށްފައި ބަހައްޓާފައި މިތާގެ މެންބަރު ބުނީމަ ބުނާހާ ގޮތަކަށް ކަންތައްތައް ކޮށްދިނަަސް އަސްލުގަ އެމެންބަރު ހޮވަން ވެސް މަގޭ އަނބިކަނބަލުންނާއި އާއިލާއިން މަސައްކަތްކޮށްގެން ހޮވާ ދިނީ،" ގާސިމު ވިދާޅުވިއެވެ.

ގާސިމު ވިދާޅުވީ ސަލީމު މެންބަރުކަމަށް ހޮވިފައިވަނީ އައިޝާ ވެސް މަސައްކަތްކޮށްގެން ކަމަށާއި، އައިޝާ އެވާހަކަ ދެންނެވުމުން ސީދާ ގާސިމު ވެސް އެކަމުގައި އެހީތެރިވެދިން ކަމަށެވެ. އެގޮތުން ގާސިމުގެ މުވައްޒަފުން ވެސް އެކަމަށް ބޭނުން ކުރެއްވި ކަމަށް ގާސިމު ވިދާޅުވިއެވެ. 

"ދެން އަޅުގަނޑުމެން ދެކޭނަން އޭނަ ހޮވޭތަން ކުރިއަށް އޮތް ދުވަސްތަކުގައި. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ވެސް ދުނިޔޭގައި ތިބޭނަން. މިއަންނަ އަހަރު އޭނަ ހޮވޭތަން ދެކެން އަޅުގަނޑުމެން ތިބޭނަން. ވަރަށް ސާފުކޮށް މިދެންނެވީ އަޅުގަނޑުމެން ތިބޭނަން ބަލަން،" ގާސިމު ވިދާޅުވިއެވެ.

ޓްރާންސްޕޯޓު މިނިސްޓްރީގެ މެންޑޭޓުގައި ހިމެނޭ ކަންތައްތަކެއް އަތުލި ކަމަށް ގާސިމު ވިދާޅުވި ނަމަވެސް އެއީ ކޮން ކަންތައްތަކެއްކަން ވިދާޅެއް ނުވެއެވެ. 

އައިޝާގެ މެންޑޭޓުގައި ހިމެނޭ ކަންތައްތަކެއް އަތުލި ކަމަށް ގާސިމު ވިދާޅުވި އިރު ޓްރާންސްޕޯޓު މިނިސްޓްރީ ތެރޭގައި ހިންގާފައިވާ ކަންތައްތަކާއި ގުޅިގެން ޑޮމެއިން ދޫކުރުން ވަގުތީގޮތުން ވަނީ ހުއްޓުވާފައެވެ. 

31%
ކަމުގޮސްފި
42%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
27%
ވަރަށް ސަލާމް
ކޮމެންޓްސް