ads
އުފުލަންދޫ ބެލެހެއްޓުން މަޑުއްވަރީ ކައުންސިލާ ހަވާލުކުރުން - ފޮޓޯ:ޕްލޭނިން މިނިސްޓްރީ
ރ. އުފުލަންދޫ ބެލެހެއްޓުން މަޑުއްވަރި ކައުންސިލާ ހަވާލުކޮށްފި
ރ. އަތޮޅުގައި އޮންނަ ފަޅު ރަށެއް ކަމަށްވާ އުފުލަންދޫ ބެލެހެއްޓުން އެ އަތޮޅު މަޑުއްވަރީ ކައުންސިލާ ޕްލޭނިން މިނިސްޓްރީން ހަވާލުކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ ދިވެހިރާއްޖޭގެ ފަޅުރަށްރަށާ ބެހޭ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ މަސްވެރިކަމާއި ދަނޑުވެރިކަމާއި އިގުތިސޯދީ ބޭނުންތަކަށް ފިޔަވައި އެނޫން ބޭނުންތަކަށް ފަޅުރަށްރަށް ދޫކުރުމާ ބެހޭ ގަވާއިދުގެ ފަސްވަނަ މާއްދާކަމަށްވާ ފަޅުރަށްރަށް ދޫކުރުމުގެ (ނ) ގެ ތިނެއްގައި ސަރުކާރުގެ އަމިއްލަ އިސްނެގުމަށް ފަޅުރަށެއް ބެލެހެއްޓުން ވަކި ޝަރުތުތަކާއެކު ކައުންސިލަކާ ހަވާލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ކަމަށެވެ. މި ނިންމެވުމާ ގުޅިގެން އުފުލަންދޫއަކީ މިހާރު އެއްވެސް ފަރާތަކަށް ދޫކޮށްފައިވާ ރަށަކަށް ނުވާތީ، ޕްލޭނިން މިނިސްޓްރީން އެ ރަށް ބެލެހެއްޓުން މަޑުއްވަރީ ކައުންސިލާ މިއަދު ވަނީ ހަވާލުކޮށްފައެވެ.

އުފުލަންދޫ ބެލެހެއްޓުން މަޑުއްވަރީ ކައުންސިލާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނެވެ. މަޑުއްވަރީ ކައުންސިލުގެ ފަރާތުން ސޮއިކުރައްވާފައިވަނީ ރަށު ކައުންސިލް މެންބަރު އާޔަތުﷲ ނައީމެވެ. މި އެއްބަސްވުމުގެ ދަށުން އުފުލަންދޫ ބެލެހެއްޓުން މަޑުއްވަރީ ކައުންސިލާ ހަވާލުކޮށްފައިވަނީ ފަސް އަހަރު ދުވަހުގެ މުއްދަތަކަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް