63 މިލިއަނަށް ފުލިދޫ ބަނދަރު ހެދުމުގެ މަސައްކަތް އެމްޓީސީސީއަށް
މުހައްމަދު އަތީފް
07 ސެޕްޓެމްބަރ 2023 - 12:33:00
ވ. ފުލިދޫ ބަނދަރު ހެދުމުގެ މަޝްރޫއުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.
ފުލިދޫ ބަނދަރު ހެދުމުގެ މަޝްރޫއުގެ މަސައްކަތް ހަވާލުކުރުމަށް މިއަދު ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަ އާދަމް އާޒިމެވެ. ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ.
ފުލިދޫ ބަނދަރު ހެދުމުގެ މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކަކީ:
- އާ ބަނދަރު ފުން ކުރުން – 41،413 ކިއުބިކް މީޓަރު (މެދު ދިޔައިން ފެށިގެން -3.5 މީޓަރު ހަމަވާ ވަރަށް)
- ނެރު ފުން ކުރުން – 7،812 ކިއުބިކް މީޓަރު (މެދު ދިޔައިން ފެށިގެން -4.0 މީޓަރު ހަމަވާ ވަރަށް)
- ބިން ހިއްކުން – 1.19 ހެކްޓަރު
- ސޭންޑްފިލް ބްރޭކްވޯޓަ ހެދުން - 1.1 ހެކްޓަރު
- 40 މީޓަރު ސަބްމާޖްޑް ބްރޭކްވޯޓަ ޖެހުން
- 439 މީޓަރު ރިވެޓްމެންޓް ޖެހުން (ސޭންޑްފިލް ރިވެޓްމެންޓް ހިމަނައިގެން)
- 174 މީޓަރު ޖިއޯޓިއުބް ރިވެޓްމެންޓް ޖެހުން
- 37 މީޓަރު ނެރުފައިކަށި ޖެހުން
- 25 މީޓަރު ގްރޮއިން ޖެހުން
- 300 މީޓަރު އެއްގަމު ތޮށި ޖެހުން
- 290 މީޓަރު ސްކޯރިންގް އެޕްރޮން ޖެހުން
- 75 މީޓަރު މޫރިންގް ރިންގް ހަރުކުރުން
- 07 މޫރިންގް ބޮއި ހަރުކުރުން
- 40x6 މީޓަރު ކޮންކްރީޓް ބްރިޖް ހެދުން
- 16 މަގު ބައްތި ހަރުކުރުން
- 02 ނެރު ބައްތި ޖެހުން
- 1،450 އަކަ މީޓަރު ޕޭވްމަންޓް ހެދުން
ޕްލޭނިން މިނިސްޓްރީގެ ފަރާތުން މި މަސައްކަތް އެމްޓީސީސީ އާ ހަވާލުކޮށްފައިވަނީ 63.4 މިލިއަން ރުފިޔާއަށް 465 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ހަވާލުކުރާ ގޮތަށެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް