ads
ހިތަދޫގައި 200 ހައުސިން ޔުނިޓު އަޅަން ޕީޓީ ސިޓްރަމަސް ހެވީ އިންޑަސްޓްރީސް އިން ޖޭވީ ވިތް ބީވާ ބިލްޑާސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރުން - ފޮޓޯ:ޕްލޭނިން މިނިސްޓްރީ
214 މިލިއަން ރުފިޔާއަށް ހިތަދޫގައި 200 ހައުސިން ޔުނިޓު އަޅަން ހަވާލުކޮށްފި
ސ. ހިތަދޫގައި ޑިޒައިން އެންޑް ބިލްޑް އުސޫލުން 200 ހައުސިން ޔުނިޓު އަޅަން ހަވާލުކޮށްފިއެވެ.

ހިތަދޫގައި 200 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް ހަވާލުކުރުމަށް މިއަދު ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަ ޖެނެރަލް އަހުމަދު ވިޝާން ނަސީމެވެ. އެ މަސައްކަތް ކުރުމަށް ހަވާލުކުރި ޕީޓީ ސިޓްރަމަސް ހެވީ އިންޑަސްޓްރީސް އިން ޖޭވީ ވިތް ބީވާ ބިލްޑާސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުޝްތާގު އިބްރާހިމެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ ހިތަދޫގައި އިމާރާތްކުރާ 200 ހައުސިން ޔުނިޓުގެ ތެރެއިން ކޮންމެ ހައުސިން ޔުނިޓެއްގައި 1،000 އަކަފޫޓު ހުންނާނެ ކަމަށެވެ. ޔުނިޓެއްގައި ތިން ކޮޓަރި އާއި ތިން ފާހާނާ އާއި ސިޓިން ރޫމާއި ބަދިގެ އާއި ކާގެ އާއި ލޯންޑްރީ އަދި ސްޓޯ ރޫމެއް ހުންނާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެއެވެ.

ޕްލޭނިން މިނިސްޓްރީން ބުނެފައިވަނީ ހައުސިން ޔުނިޓުތައް އިމާރާތް ކުރެވެނީ 11 ބުރީގެ ދެ ބިލްޑިންއަށް ވާގޮތަށް ކަމަށެވެ. ގްރައުންޑް ފްލޯ ބޭނުން ކުރާނީ ކޮމާޝަލް އަދި މެއިންޓަނަންސް އޮފީސް އަދި ޕާކިން ހެދޭނެ ޖާގައެއް ދެވޭނެ ގޮތަށް ކަމަށް އެ މިނިސްޓްރީން ބުނެއެވެ. ޕްލޭނިން މިނިސްޓްރީން ބުނީ އެ ސަރަހައްދުގައި ޕާކެއް ގާއިމުކުރާނެ ކަމަށެވެ.

ޕްލޭނިން މިނިސްޓްރީން ބުނި ގޮތުގައި ހިތަދޫގައި 200 ހައުސިން ޔުނިޓު އެޅުމުގެ މަޝްރޫއަށް ހަރަދުކުރަނީ ދިވެހި ސަރުކާރުން 2022 ވަނަ އަހަރުގެ ޕީއެސްއައިޕީ ބަޖެޓުން ކަމަށެވެ.

ހިތަދޫގައި ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 214.8 މިލިއަން ރުފިޔާއަށް 540 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ހަވާލުކުރާ ގޮތަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް