ފުލުހުން ބުނީ، މާލެއިން ފުރައިގެން ބ. އަތޮޅަށް 13 މީހުންނާއެކު ދަތުރުކުރަމުން ދިޔަ ދޯންޏެއް އެއަތޮޅު ދަރަވަންދޫއާ ދިމާލުން ބޭރަށް އަޑިއަށްދާކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހެނދުނު 10:40 ހާއިރު ކަމަށެވެ.
މި ހާދިސާ އާއި ގުޅިގެން ބ.އޭދަފުށީގައި މަސައްކަތް ކުރާ ފުލުހުންނާއެކު ވަނީ އަޑިޔަށް ދިޔަ ދޯނީގައި ތިބި އެންމެވެސް ސަލާމަތްކޮށްފައެވެ.
ދޯނިން ދަތުރުކުރި އެންމެންގެ ހާލުވެސް ރަގަޅު ކަމަށް މައުލޫމާތު ލިބެއެވެ.
މި ދުވަސްވަރަކީ މޫސުން ގޯސްވެ ކަނޑު ގަދަ ދުވަސްވަރެއްކަމުން ދަތުރުފަތުރު ކުރުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށް މޫސުމާއިބެހޭ އިދާރާއިންނާއި، ފުލުހުން ވެސް ވަނީ އިލްތިމާސް ކޮށްފައެވެ.