ads
ދަ ޑިމޮކްރެޓްސްގެ ސަރުކާރެއްގައި ފިލްމު އުފައްދަން ބޭނުންވާނެ ވަސީލަތްތަކާ އެކު، ސްޓޫޑިއޯ އައިލެންޑެއް ތަރައްގީ ކުރާނެ - ފޮޓޯ:ދަ ޑިމޮކްރެޓްސް
"ފިލްމު އުފައްދަން ބޭނުންވާނެ ވަސީލަތްތަކާ އެކު ސްޓޫޑިއޯ އައިލެންޑެއް ހަދާނަން"
ދަ ޑިމޮކްރެޓްސްގެ ސަރުކާރެއްގައި ފިލްމު އުފައްދަން ބޭނުންވާނެ ވަސީލަތްތަކާ އެކު، ސްޓޫޑިއޯ އައިލެންޑެއް ތަރައްގީ ކުރާނެ ކަމަށް އެ ޕާޓީން ހާމަކޮށްފިއެވެ.

ޑިމޮކްރެޓްސްއިން އެކުލާވާލައި އާންމުކޮށްފައިވާ މެނިފެސްޓޯގައި ބުނެފައިވަނީ މުނިފޫހިފިލުވުމުގެ ހަރަކާތްތަކަކީ ދުޅަހެޔޮ އުފާވެރި މުޖުތަމައެއްގެ ގޮތުގައި ރައްޔިތުން ދިރިއުޅުމަށް އެކަށީގެންވާ ގޮތުގައި ހިންގަން ޖެހޭ ކަމެއް ކަމަށެވެ. ދަ ޑިމޮކްރެޓްސްގެ މެނިފެސްޓޯގައި ބުނެފައިވަނީ އާޓްސް، މިއުޒިކް، ކަލްޗާ ނުވަތަ ސަގާފީ ހަރަކާތްތަކަކީ ދިރިއުޅުން އެކަމެއްގެ މައްޗަށް ބިނާ ކުރެވިދާނެ މަސައްކަތްތަކަކަށްވުމުގެ އިތުރުން، ދަރިފަސްކޮޅުގެ ސަގާފީ މުއްސަނދިކަން އިތުރު ކުރުމަށާއި އާންމު ދިރިއުޅުމުގައި އެތަކެއް ބަޔަކަށް އުފާވެރިކަން ގެނެސްދޭ ކަންކަން ކަމަށެވެ.

ރާއްޖޭގެ އެކިކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންގެ ސިއްހީ އަދި ނަފްސާނީ އުފާވެރިކަން ކަށަވަރުކުރުމަށް، އާޓްސް އަދި ކަލްޗާ އާއި މިއުޒިކް، ވީޑިއޯ އާއި ފޮޓޯގްރަފީގެ މަސައްކަތްތައް ގުޅުވާލާ، މި ދާއިރާތަކުން ރާއްޖޭގެ ހުރިހާ ސަރަހައްދަކުން ފުރުސަތުތައް ފަހިކޮށްދިނުމަކީ ޑިމޮކްރެޓުންގެ މުހިންމު ސިޔާސަތެއް ކަމަށް އެ ޕާޓީން ބުނެެއެވެ.

ސަގާފަތް ކުރިއެރުވުމާއި މުނިފޫހިފިލުވުން އަދި އާޓްސްގެ ދާއިރާއިން ފުރުސަތުތައް ފަހިކޮށްދިނުމަށް ޑިމޮކްރެޓުން ގެންގުޅޭނެ ސިޔާސަތުތައް:

  • ދިވެހި ފިލްމްތަކާއި ސްކްރީން ޕްލޭ އަދި ސްޓޭޖް ޕްލޭ ފަދަ ތަކެތި ތައްޔާރުކޮށް އުފެއްދުމަށް ދިވެހި ފަންނުވެރީންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން ސްޓޫޑިއޯ އައިލޭންޑް ނުވަތަ ވަކި ރަށެއް ކަނޑައަޅައި އެ ރަށުގައި މި އިންޑަސްޓްރީއަށް ބޭނުންވާ އެކި ބާވަތުގެ ސްޓޫޑިއޯތަކާއި ސެޓްއަޕްތައް އަދި ޝޫޓިން ޒޯންތައް ހަދާ، މިޒަމާނުގެ އިނޮވޭޓިވް ވީޑިއޯ އުފެއްދުމަށް ބޭނުން ކުރެވޭނެ ފަދަ އިކުއިޕްމަންޓް ގާއިމުކޮށް އެންމެންނަށް ބޭނުން ކުރެވޭނޭހެން ވިޔަފާރީގެ އުސޫލުން ތަރައްގީކޮށް ހިންގޭނެ ގޮތް ހެދުން.
  • ފަންނުވެރިކަމާއި މުނިފޫހިފިލުވުން އަދި ސަގާފަތް ކުރިއަރުވާ ދިރުވުމަށް ބޭނުންވާނޭ ވިސްނުމާއި ތައުލީމުގެ ބައިތައް ސްކޫލް ކަރިކިއުލަމްގައި ހިމަނާ އެކަށީގެންވާ ފެންވަރެއްގައި ހިންގުން އަދި އަތޮޅު ފެންވަރާއި ގައުމީ ފެންވަރުގައި މި ރޮނގުން ވާދަކޮށް ވަނަތައް ހޯދުމުގެ ތެރެއިން މި ދާއިރާއަށް ހޭލުންތެރިކަން އިތުރުކުރުން.
  • ފަންނުވެރިކަމުގެ ދާއިރާތަކުން ޕްރޮފެޝަނަލް ތަމްރީނާއި ބައިނަލްއަގުވާމީ ފެންވަރު ސެޓްފިކެޓް ހާސިލުކުރެވޭ ވަރަށް ޔުނިވާސިޓީ ފެކަލްޓީތައް އެކުލަވާލާ ހިންގުމުގެ ފުރުސަތު ހުޅުވާލާ ތަރައްގީކުރުން އަދި މި މަސައްކަތުގެ ތެރެއިން ޔުނިވާސިޓީ ކުދިންނާ އިންޑަސްޓްރީތައް ގުޅުވާލާ ގައުމީ ފެންވަރުގެ އެވޯޑްތައް ތައާރަފުކޮށް، މަތީ ފެންވަރުގައި ދެމެހެއްޓުމަށް ބޭރުގެ އިންސްޓިޓިއުޓްތަކާ އެކު ގުޅުވާލުން.

your imageދަ ޑިމޮކްރެޓްސްގެ ސަރުކާރެއްގައި ފިލްމު އުފައްދަން ބޭނުންވާނެ ވަސީލަތްތަކާ އެކު، ސްޓޫޑިއޯ އައިލެންޑެއް ތަރައްގީ ކުރާނެ - ފޮޓޯ:ދަ ޑިމޮކްރެޓްސް

  • ދިވެހީންގެ އުފެއްދުންތައް ކުރިއެރުވުމަށްޓަކައި މި ދާއިރާއިން ވިޔަފާރި ކުރުމަށް ޒުވާނުންނާއި އަންހެނުންނަށް މާލީގޮތުން އެހީ ފޯރުކޮށްދީ އަދި އެ ފަރާތްތަކުގެ ޕްރޮޑަކްޝަންތަކަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއިން ފުރުސަތު ހޯދައިދިނުން. އަދި ފަތުރުވެރިކަމުގެ ދާއިރާގައި ދިވެހީންނަށް ފުރުސަތު ބޮޑުވާގޮތަށް ގަވާއިދުތައް އެކުލަވާލާ ތަންފީޒުކުރަމުން ގެންދިޔުން.

  • ރަށު ފެންވަރުގެ އިޖުތިމާއީ މަރުކަޒުތަކަކީ ހުސްވަގުތުގައި މުނިފޫހިފިލުވުމަށާއި ސްކޫލުތަކުގެ ބޭރުން ޕަބްލިކް ޕާފޯމަންސް ތަމްރީނުތަކަށް ބޭނުން ކުރެވޭނެ ތަންތަނަށް ހެދުމަށްޓަކައި ބޭނުންވާ މިއުޒިކް އިކުއިޕްމަންޓާއި ރަނގަޅު ފެންވަރުގެ ސައުންޑް ސިސްޓަމާއި އަދި ރަށު ރައްޔިތުންނަށް ޒަމާނީ ފިލްމްތައް ބެލޭނެގޮތަށް އެފަދަ މަރުކަޒުތަކުގައި ޕްރޮޖެކްޝަން ސްކްރީންތައް ގާއިމުކުރުން.

  • މިއުޒިކު އަދި އާޓްސް އުފެއްދުންތައް ހިމާޔަތްކުރަން ބޭނުންވާ ޑިޖިޓަލް އަދި ޕްރޮޕަޓީ ރައިޓްސް މެނޭޖްމެންޓް ފްރޭމްވޯކްގެ ގާނޫނާއި ގަވާއިދުތައް ހަރުދަނާކޮށް، މި ދާއިރާއިން އެޕްލިކޭޝަން ޑިވޮލޮޕްކުރަން ބޭނުންވާ ފަރާތްތަކަށް މާލީ އެހީ ފޯރުކޮށްދީ، އިންޓަނެޓް މެދުވެރިކޮށް މާލީ ޓްރާންސެކްޝަންތައް ހެދޭނެ މަގު ހުޅުވާލަދިނުން.

  • މިއުޒިކް، އާޓްސް އަދި ކަލްޗާގެ ދާއިރާއިން މަސައްކަތްކުރާ ފަރާތްތަކަށް ބޭނުންވާ ވިޔަފާރި އާއި އެޑްމިނިސްޓްރޭޓިވް ސަޕޯޓް ކޮންމެ ރަށެއްގެ އިޖުތިމާއީ މަރުކަޒުގައި ގާއިމުކޮށް، މި ރޮނގުތަކުން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ލިބޭނެގޮތް ހެދުން.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް