ads
އަބްދުﷲ ޒިޔަތު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ ޝަރީއަތުގައި ހެކިބަސް ދެއްވަނީ --
ޒިޔަތުގެ މައްޗަށް އިތުރު 12 އަހަރުގެ ހުކުމެއް
އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށް އިތުރު ހަތަރު ދައުވާއެއް ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކޯޓަށް ހުށަހަޅައިފިއެވެ.

އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށް އިތުރު ތިން ދައުވާއެއް ސާބިތުވެ 12 އަހަރުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.

ދައުލަތުން ޒިޔަތުގެ މައްޗަށް ދައުވާ ކުރަން މި ހަފްތާގައި ކޯޓަށް ފޮނުވި ތިން  މައްސަލައިގެ ހުކުމް މިއަދު ކުރިއިރު، މި މައްސަލަތަކުގެ ހުކުމް މިއަދު އިއްވީ، ދައުލަތުން ޒިޔަތާއެކު ހަދާފައިވާ އިއުތިރާފު އެއްބަސްވުމުގެ ދަށުންނެވެ.

ޕީޖީ އޮފީހުން ޒިޔަތުގެ މައްޗަށް މި ތިން ދައުވާއެއް ކުރަން ފޮނުވީ މިދިޔަ ހޯމަ ދުވަހު އެވެ. އެއީ 203 މިލިއަން ރުފިޔާއަކަށް ހިޔާނާތްތެރިވި މައްސަލައަކާއި ހަ މިލިއަން ޑޮލަރަކަށް ހިޔާނާތްވި މައްސަލައަކާއި އެއް މިލިއަން ޑޮލަރަކަށް ހިޔާނާތްތެރިވި މައްސަލައެކެވެ.

މިއީ 2014 އަދި 2015 ވަނަ އަހަރުގެ ތެރޭގައި  ބޭރު ފައިސާ ގަނެދިނުމުގެ ނަމުގައި ދައުލަތުގެ އެކި ކުންފުނިތަކުން މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރ.ސީ) އަށް ފައިސާ ހޯދުމަށްފަހު އެފައިސާއަށް ޚިޔާނާތްތެރިވެފައިވާކަމަށް ތުހުމަތުކުރެވުނު މައްސަލައާއި، ކޮރަޕްޝަންގެ ޢަމަލުތަކެއް ހިމެނޭ ގޮތަށް އެމް.އެމް.ޕީ.އާރު.ސީ އިން އަމިއްލަ ފަރާތްތަކަށާއި ކުންފުނިތަކަށް ލޯނުގެ ގޮތުގައި ފައިސާ ދޫކޮށް، އެފައިސާއަށް ޚިޔާނާތްތެރިވެފައިވާ ކަމަށް ތުހުމަތުކުރެވުނު މައްސަލައެވެ.

އެމްއެމްޕީއާރްސީގެ ވައްކަމުގެ މައްސަލައިގައި ކުށް ސާބިތުވެ، މިހާރު ވެސް ޒިޔަތުގެ ގެންދަނީ 20 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ. ނަމަވެސް މިވަގުތު ހުރީ ގޭބަންދުގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް