ads
އެވޯޑަށް ވާދަކުރާ ބައެއް ކުޅުންތެރިން
ބެލެންޑޯ ނޮމިނޭޝަން ލިސްޓްގައި ރޮނާލްޑޯ ނުހިމެނޭ
ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާއަށްދޭ ބެލެންޑޯ އެވޯޑަށް ނޮމިނޭޓުވާ 30 ކުޅުންތެރިންގެ ލިސްޓް އާންމު ކޮށްފިއެވެ.

ނަމަވެސް މި ލިސްޓުގައި ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ހިމަނާފައި ނުވެއެވެ. ރޮނާލްޑޯއަކީ މިހާތަނަށް ދެވަނައަށް އެންމެ ގިނަ ފަހަރު މި އެވޯޑު ހޯދާފައިވާ ކުޅުންތެރިޔާއެވެ. އޭނާ ވަނީ ފަސް ފަހަރު ބެލެންޑޯ އެވޯޑު ހާސިލްކޮށްފައެވެ. 

ރޮނާލްޑޯ ވަނީ 2003 ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރާއި ހަމައަށް ކޮންމެ އަހަރަކުވެސް މި އެވޯޑަށް ނޮމިނޭޓްވެފައެވެ. 

މިފަހަރުގެ ނޮމިނޭޓީސް ތެރޭގައި ރޮނާލްޑޯގެ ނަން ނެތްއިރު، އޭނާގެ ވާދަވެރި ލިއޮނެލް މެސީ ވަނީ މިފަހަރުވެސް އެވޯޑަށް ނޮމިނޭޓްވެފައެވެ. މެސީއަކީ މިހާތަނަށް އެންމެ ގިނަ ފަހަރު މި އެވޯޑް ހާސިލްކޮށްފައިވާ ކުޅުންތެރިޔާއެވެ. އޭނާ ވަނީ ހަތް ފަހަރު ބެލެންޑޯ ކާމިޔާބު ކޮށްފައެވެ. 

މިފަހަރު ނޮމިނޭޝަން ލިސްޓުގައި އިނގިރޭސި ޕްރިމިއާ ލީގުގެ 12 ކުޅުންތެރިން ހިމެނެއެވެ. އޭގެ ތެރެއިން ހަތް ކުޅުންތެރިންނަކީ މެންޗެސްޓާ ސިޓީގެ ކުޅުންތެރިންނެވެ. އެއީ އާލިން ބްރައުޓް ހާލަންޑް، ކެވިން ޑި ބްރޭނާ، ރުބެން ޑިއާސް، ހޫލިއަން އަލްވަރޭޒް އަދި ބެނާޑޯ ސިލްވާގެ އިތުރުން ރޮޑްރީ އާއި ޔޮސްކޯ ގްވާޑިއޯލްއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް