ads
ލުކާ މޮޑްރިޗް
ކުޅެން ފުރުސަތު ނުލިބޭތީ މޮޑްރިޗްގެ ޝަކުވާތައް އޮއްސާލައިފި
މި ސީޒަންގައި ކުޅެން ލިބޭ ފުރުސަތުތައް މަދުވުމުން، ރެއާލް މެޑްރިޑްގެ މިޑްފީލްޑަރު ލުކަ މޮޑްރިޗްގެ ޝަކުވާތައް ބަންޑުންކޮށްލައިފިއެވެ.

ސްޕެނިޝް ލީގުގައި ރެއާލްއިން ވަނީ މިހާތަނަށް ހަތަރު މެޗު ކުޅެފައެވެ. އޭގެ ތެރެއިން މޮޑްރިޗް ފުރަތަމަ 11 ގައި ހިމެނުނީ އެންމެ މެޗެއްގައެވެ. 

ކުޅެން ލިބޭ ވަގުތު މަދުވުމާއި ގުޅޭ ގޮތުން ވާހަކަދައްކަމުން މޮޑްރިޗް ބުނީ އެގޮތަށް ބެންޗުގައި މަޑުކުރަން ޖެހުމުން ކުރެވެނީ ތަފާތު އުނދަގޫ އިހްސާސެއް ކަމަށެވެ. އަދި މިއީ އޭނާގެ ކެރިއަރުގައި އެގޮތަށް ބެންޗުގައި އިންނަން ޖެހޭ ފުރަތަމަ ފަހަރުކަންވެސް އޭނާ ފާހަގަކުރިއެވެ. 

މޮޑްރިޗް އިތުރަށް ބުނީ ރެއާލްގެ މިޑްފީލްޑް ލައިން އޮތީ ވަރަށް ވާދަވެރިކޮށް ކަމަށާއި، އެކަން އޭނާވެސް ގަބޫލުކުރާ ކަމަށެވެ. އަދި ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދިނުމަކީ އޭނާވެސް ގަބޫލުކުރާ ކަމެއ ކަމަށެވެ. 

ނަމަވެސް އޭނާގެ އެއްބަސްވުން 2024 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ދިގުކުރީ އޭނާއަށް ކުޅެން ފުރުސަތު ލިބޭނެ ކަމުގެ އުންމީދުގައި ކަމަށް މޮޑްރިޗް ބުންޏެވެ. އޭނާ ބުނީ އެއްބަސްވުން އާކުރަން އުޅުނުއިރު، އެއްވެސް ކަމެއް ބަދަލުނުވާނެ ކަމަށް ކްލަބުން ބުނެފައިވާ ކަމަށެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް