ads
މިރޭގެ ޖަލްސާގަ އިލްޔާސް ލަބީބް
ބޮޑު ހިލައަށްވުރެ އިސްކަން ދޭނީ ސިއްހަތާ ތައުލީމާއި އާމްދަނީއަށް: އިލްޔާސް ލަބީބް
ޑިމޮކްރެޓްސްގެ ވެރިކަމެއްގަ އިސްކަން ދޭނީ ބޮޑުހިލައިގެ ބަދަލުގަ، ސިއްހަތާ، ތައުލީމާ އާމްދަނީއަށްކަމަށް ދަ ޑިމޮކްރެޓްގެސް ރިޔާސީ ކެނޑިޑޭޓު އިލްޔާސް ލަބީބް ވިދާޅުވެއްޖެއެވެ.

ދަ ޑިމޮކްރެޓްސްގެ ކެމްޕޭނު ނިންމުމަށް ބޭއްވި ޖަލްސާގައި މިރޭ ވާހަކަ ދައްކަވަމުން، އިލްޔާސް ވިދާޅުވީ، ރާއްޖޭގެ ހޮސްޕިޓަލްތަކަށް ބޭނުންވަނީ އިތުރު އިމާރާތްތަކެއް ނޫންކަމަށެވެ. އޭގެ ބަދަލުގައި ބޭނުންވަނީ ރަނަގަޅު ޑޮކްޓަރުން ކަމަށެވެ. 

"ފެންވަރު ރަނގަޅު ޑޮކްޓަރުން ބޭނުންވޭ. އިތުރު ނަރުހުން ބޭނުންވޭ. އިތުރު ލެބޯޓަރީތައް ބޭނުންވޭ. އަޅުގަނޑުމެންގެ ވެރިކަމެއްގަ އިސްކަން ދޭނީ ބޮޑު ހިލައަށްވުރެ ސިއްހަތާ ތައުލީމާ އާމްދަނީއަށް،" އިލްޔާސް ލަބީބް ވިދާޅުވިއެވެ.

އިލްޔާސް ވިދާޅުވީ މިސަރުކާރުން މިނިމަން ވޭޖް އިއުލާނު ކުރި ނަމަވެސް އުސޫލުތައް ހަދާފަނެތްކަމަށެވެ. އެގޮތުން ބައެއް މީހުން މިނިމަމްވޭޖްގައި ނުހިމެނޭކަމަށެވެ. 

އިލްޔާސް ވިދާޅުވީ ފަސް އަހަރު ދުވަހުން މުޅިރާއްޖެއަށް 75 ހާސް ގެސްޓުހައުސް އެންދު އިތުރުކުރައްވާނެކަމަށެވެ. 

"އޭގެ މަންމާ ތިބޭފުޅުންނާ ތިބޭފުޅުންގެ އާއިލާތަކަށް ލިބިގެން ދާނެ. އޭގެ މަންފާ ރަށްރަށުގަ ދިރިއުޅޭ ރައްޔިތުންނާ ދިވެހިރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ލިބިގެންދާނެ،"

އިލްޔާސް ވިދާޅުވީ ގެސްޓުހައުސް ވިޔަފާރިއަށް ހުރި ދަތިތައް ނައްތާލައްވާނެކަމަށެވެ. މިގޮތުން ގެސްޓުން ރަށްރަށަށް ގެންދިއުމަށް އޮތް ދަތިކަން ވެސް ނައްތާލައްވާނެކަމަށެވެ. މިގޮތުން އަނަން އަހަރުގެ ޖެނުއަރީ 1 ވަނަ ދުވަހުން ފެށިގެން ބޭރުމީހެކޭ ދިވެއްސެކޭ އެއް އަގަކަށް ޓިކެޓުތަކުގެ އަގު ބަދަލުކުރައްވާނެކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް