ads
ޑރ.އިޔާޒު މިރޭގެ ޖަލްސާގައި ތަގުރީރު ކުރައްވަނީ---ފޮޓޯ:އެމްޑީޕީ
އިޔާޒުގެ ވަރުގަދަ ތަގުރީރެއް: އެދުނީ ރައީސް ސޯލިހަށް ވޯޓުދޭން
އެމްޑީޕީ ކޯލިޝަނުން މިރޭ އައްޑުސިޓީގައި ބާއްވަމުން ގެންދާ ބޮޑު ޖަލުސާގައި ތަގުރީރު ކުރައްވާ ރައީސް އިބްރާހީމު މުހައްމަދު ސޯލިހަށް ވޯޓު ދެއްވަން ޑރ.އިޔާޒު އަބްދުއްލަތީފު ގޮވާލައްވައިފިއެވެ.

އިޔާޒު ވިދާޅުވީ ފެހި ގާނޫނު އަސާސީން ދުވަހަކު ނުދެކޭހާ ސުލްހަވެރި ދުވަސްތަކެއް ދިވެހިން ތަޖުރިބާ ކުރަމުންދާ ކަމަށާއި، ދީނީ ދައުވަތަށް ރައީސް އިބްރާހީމު މުހައްމަދު ސޯލިހު ހާ ފުރިހަމަ އެއްބާރުލުން ދެއްވި ވެރިއަކު ނެތް ކަމަށެވެ. 

ދެ އަހަރަށް ވުރެ ގިނަ ދުވަހު މުޅި އިގްތިސާދު ހުއްޓާލައިގެން، ދިވެހި އެތައް ރައްޔިތުންނެއް މަރުގެ ތުންފަތްމަތިން ސަލާމަތްކޮށް، ކޮވިޑުން އަރައިގަނެފައިވަނީ ރައީސް ސޯލިހުގެ ހިކުމަތްތެރިކަމުންނާއި، އެމަނިކުފާނުގެ ހެޔޮ ހުލުގުފުޅުގެ ސަބަބުން ކަމަށެވެ. 

އިޔާޒު ވިދާޅުވީ ދީނީ އިލުމުވެރިން އިސްވެ ތިބެ ހިންގާ ހަމައެކަނި ޕާޓީއަށްވީ އިރު ވެސް ރައީސް ސޯލިހަށް ތާއީދުކޮށްގެން އަދާލަތު ޕާޓީ އޮތީ ޝަރުތުތަކަކާއެކު ކަމަށެވެ. އިޔާޒު ވިދާޅުވީ ދީނީ މަސްލަހަތުތައް ހިމާޔަތް ކުރުމުގައި އަދާލަތަށްވުރެ ވަކި ކުރި ހޯދުނު ޖަމާއަތެއް ރާއްޖޭގައި ނެތް ކަމަށާއި، އިސްލާހީ މަސައްކަތުގައި އަދާލަތުގެ މެންބަރުން މުޒާހަރާކޮށްފައިވާނެ ކަމަށާއި، ޖަލުގެ ކުޑަ ގޮޅިތަކާ ހަމައަށް ވެސް ގޮސްފައިވާނެ ކަމަށެވެ. 

"މާދަމާވެސް އެމަނިކުފާނު ދީނާ، ދިވެހިރާއްޖޭގެ މިނިވަންކަމާއި، ސިޔާދަތަށް ހިޔާނާތްތެރިވާ ކަމުގެ އިޝާރާތެއް ވިޔަސް އަޅުގަނޑުމެން ތެދުވާނަން. ބަސްބުނާނަން. އަޑު އިއްވާނަން. އަދި އަޑު ނާހައިފި ކަމަށްވާނަމަ، އެމަނިކުފާނާ ދެކޮޅަށް ބާރަށް ތެދުވާ މީހުން ކަމުގައި އަޅުގަނޑުމެން ވާނެ،" އިޔާޒު ވިދާޅުވިއެވެ.

އިޔާޒު ވިދާޅުވީ ރާއްޖޭގެ ސުލްހަވެރިކަމާއި، އަމާންކަމާއި، މިނިވަންކަމާއި، ހަމަޖެހުމައްޓަކާ ރައީސް ސޯލިހަށް ކުރިއަށް އޮތް އިންތިހާބުގައި ވޯޓު ދޭން ޖެހޭ ކަމަށެވެ. 

56%
ކަމުގޮސްފި
6%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
6%
ވަރަށް ސަލާމް
ކޮމެންޓްސް