
އެމްއެމްއޭއިން ބުނެފައިވަނީ ސައްހަ ނޫން ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ 500 ރުފިޔާގެ ނޫޓު އެ އޮތޯރިޓީން ގެނެސް ޗެކް ކުރިއިރު އެއީ ސައްހަ ނޫޓެއް ކަމަށް ޔަގީންވެފައިވާ ކަަމަށެވެ. އެމްއެމްއޭއިން ބުނެފައިވާ ގޮތުގައި ނޫޓުތަކުގެ އެކި ބެޗްތަކުގައި ނޫޓުތަކުގެ ސައިޒުގައި ކުޑަ ތަފާތެއް ހުރެދާނެ ކަމުގައެވެ.
ސޯޝަލް މީޑިއާގައި އާންމުވި ޕޯސްޓުގައި 500 ރުފިޔާގެ ނޫޓުގެ ސައްހަ ކަމާ މެދު ސުވާލު އުފައްދާފައިވަނީ ނޫޓުގެ ސައިޒު ކުޑަ ކަމަށް ބުނެއެވެ.
500 ރުފިޔާގެ ނޫޓުތަކެއް: އެމްއެމްއޭއިން ބުނީ ސައްހަ ނޫން ރުފިޔާގެ ނޫޓު ދައުރު ނުވާ ކަމަށް - ފޮޓޯ:އެމްއެމްއޭ
ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުމާ ދިމާކޮށް ޕޮލިމާ ނޫޓު ރާއްޖެއަށް ތައާރަފުކޮށްފައިވަނީ 2016 ވަނަ އަހަރުއެވެ. ހާއްސަ ސެކިއުރިޓީ ފީޗާތަކާ އެކު، އެ ނޫޓު ސީރީޒްގެ ދަށުން ތައާރަފުކޮށްފައިވަނީ 5، 10، 20، 100، 500 އަދި 1،000 ރުފިޔާގެ ނޫޓެވެ.