ads
ޑރ. އަލީ މުޒުނީ
ޑރ އަލީ މުޒުނީގެ ތާއީދު ރައީސް ސޯލިހަށް
ޑރ. އަލީ މުޒުނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރަން ނިންމަވައިފިއެވެ.

އޭނާ މިއަދު ސޯޝަލް މީޑިއާގަ އާންމުކުރެއްވި ސިޓީއެއްގަ ވިދާޅުވެފަވަނީ، މިފަދަ ގައުމެއްގަ ވަލިއްޔުލް އަމުރަށް ވެވޭނެ 12 ސިފަތަކެއް ލިޔުއްވާފައެވެ.

"އަޅުގަނޑަށް ވިސްނޭގޮތުގަ މިގައުމަށް މިވަގުތު އެންމެ މަސްލަހަތު ރަނގަޅުގޮތަކީ ކުރިއަށް އޮތް މި 5 ފަސް އަހަރު ދުވަހު ވެސް މިހާރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ހޮވުން،" ކަމަށް މުޒްނީ އާންމު ކުރެއްވި ސިޓީގަ ވިދާޅުވެފަވެއެވެ.

ޑރ. އަލީ މުޒުނީ އަކީ ކަށީގެ ޑޮކްޓަރެކެވެ އަދި ކެންސަރާމެދު އޭނާ އަންނަނީ މީހުން ހޭލުންތެރި ކުރުމަށް މަސައްކަތް ކުރައްވަމުންނެވެ. 

މުޒްނީ ފާހަގަ ކުރެއްވި 12 ސިފަ:

  1. މާތް ވެގެންވާ އިސްލާމްދީނުގެ އުސޫލުތައް ދެމެހެއްޓުން 
  2. ތެދުވެރި
  3. އިހުލާސްތެރި 
  4. ކެތްތެރި
  5. މަޝްވަރާގެ އުސޫލުތައް ގެންގުޅުއްވާ
  6. ރައްޔިތުންގެ މެދުގަ ހަމަހަމަކަން ގެންގުޅޭ
  7. ކިބުރުވެރިކަން ކުޑަ ހިތްތެރި
  8. ވިސްނުންތެރި 
  9. އޯގާތެރި 
  10. ވައުދު ފުއްދާ
  11. މަޑުމައިތިރި
  12. ރުންކުރު ނުވުން
95%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
5%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް