ads
މުއިއްޒަށް ތާއީދުކުރާ ފަރާތްތަކާ ބައްދަލުކޮށް ވާހަކަފުޅު ދައްކަވަނީ: ސަތޭކަ އިލްމުވެރިން ވަނީ މުއިއްޒަށް ތާއީދު ކުރާކަން ހާމަކޮށްފައި - ފޮޓޯ:މުއިއްޒު ކެމްޕެއިން ޓީމް
ސަތޭކަ އިލްމުވެރިންގެ ބަސް: ތާއީދު ކުރަނީ މުއިއްޒަށް
މާދަމާ ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން އިލްމާއި ތަޖުރިބާގެ ގޮތުން އެންމެ ގާބިލު ކެންޑިޑޭޓަކީ ޑރ. މުހައްމަދު މުއިއްޒު ކަމަށް ރާއްޖޭގައި ދީނީ ތަގުރީރު ކުރުމާއި ވައުޒު ބުނުމުގެ ހުއްދަ ދޫކުރެވިފައިވާ އިލްމުވެރިންގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނެފިއެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބާ މެދު، ރާއްޖޭގައި ދީނީ ތަގުރީރުކުރުމާއި ވައުޒު ބުނުމުގެ ހުއްދަ ދޫކުރެވިފައިވާ 100 އިލްމުވެރިންގެ ބަހުގެ ނަމުގައި އެ އިލްމުވެރިންގެ ފަރާތުން ނެރުނު ބަޔާނުގައި ބުނެފައިވަނީ މާދަމާ އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން ދިވެހިރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތު ހަރުދަނާކޮށް، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ނަގަހައްޓައި، އުމްރާނީ ގޮތުންނާއި އިޖުތިމާއި ގޮތުން، ގައުމު ބިނާކުރުމަށް ބޭނުންވާ އިލްމާއި ހުނަރާއި ތަޖުރިބާގެ ގޮތުން އެންމެ ގާބިލު ހުލުގު ހެޔޮ ކެންޑިޑޭޓަކީ ޑރ. މުހައްމަދު މުއިއްޒު ކަމުގައި އެ ފަރާތްތަކަށް ފެންނާތީ މުއިއްޒަށާއި މުއިއްޒުގެ އިންތިހާބީ ބައިވެރިޔާ އަލްއުސްތާޒު ހުސައިން މުހައްމަދު ލަތީފަށް ތާއީދުކުރާކަން ހާމަކުރާ ކަމަށެވެ.

"މި ހާލަތުގައި މާތްވެގެންވާ އިސްލާމްދީނާއި ގައުމުގެ މަސްލަހަތު އިސްކޮށް، ގައުމުގެ ސުލްހަމަސަލަސްކަމާއި އަމަންއަމާންކަން ރައްކާތެރިކޮށް ހިފަހައްޓައި، މުސްލިމުންގެ މެދުގައި އޮންނަންޖެހޭ އެކުވެރިކަމާއި އެއްބައިވަންތަކަން ދެމެހެއްޓުމަށާއި މުސްލިމުންގެ މެދުގައި ބައިބައިވުމާއި އަދާވާތްތެރިވުމާއި ނަފުރަތު އުފެއްދުމުގެ އެއްވެސް އަމަލަކަށް ޖާގަނުދެއްވުމަށް ދިވެހި ލޮބުވެތި ރައްޔިތުންނަށް ނަސޭހަތްތެރިވެ ވަސިއްޔަތްކުރަމެވެ،" އިލްމުވެރިންގެ ފަރާތުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އިލްމުވެރިންގެ ފަރާތުން ނެރުނު މި ބަޔާނުގައި ސޮއިކުރި 100 އިލްމުވެރިންނާއި އެ ފަރާތްތަކުން ކިޔެވި ތަންތަނާއި ތައުލީމުގެ ފެންވަރު ވަނީ ބަޔާންކޮށްފައެވެ.

އިލްމުވެރިންގެ އެ ބަޔާނުގައި އެ ފަރާތްތަކުން ވަނީ ރާއްޖޭގެ ރައްޔިތުންނަށް މުއިއްޒަށް ވޯޓު ދިނުމަށް އެދި އިލްތިމާސްކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް