ads
ރައީސް ސޯލިހު މިއަދު ފ.ބިލެތްދޫގައި ވާހަކަފުޅު ދައްކަވަނީ. ފޮޓޯ: އެމްޑީޕީ
ދީނީ އިލްމުވެރިންނަށް ފުރިހަމަ މިނިވަންކަން އެބައޮތް: ރައީސް
އިސްލާމީ ސައްހަ އަގީދާގެ މަތީގައި މި ގައުމު ދެމެހެއްޓުމަށްޓަކައި އެ ބޭފުޅުން ތެދުވެވަޑައިގެން ރައްޔިތުންނަށް ލަފަ އާއި މަޝްވަރާ އަރުވަންވީ ކަމަށާއި، ރާއްޖޭގެ ދީނީ އިލްމުވެރިންނަށް ކުރިން އޮތް ވަރުގެ ބިރުވެރިކަމެއް ނެތް ކަމަށާއި ދީނީ އިލްމު އުގަންނައިދިނުމުގެ ފުރިހަމަ މިނިވަންކަން އެބައޮތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބަށް 24 ގަޑިއިރަށްވުރެ ކައިރިވެފައިވަނިކޮށް، މިއަދު ފ.ބިލެއްދޫއަށް ވަޑައިގެން އެރަށުގައި ބޭއްވެވި ބަނދަރު ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، ރައީސް ވިދާޅުވީ، މި ވެރިކަމުގައި ދީނީ އިލްމުވެރިންނަށް ވެސް ފުރިހަމަ މިނިވަންކަން ދެއްވި ކަމަށާއި އަދި ދެން ވެސް އެ ހުރަހެއް ނޯންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ ރައްޔިތުންނަށް އެކިކަންކަމުގައި ލަފާ އާއި މަޝްވަރާ ދިނުމަސްވެސް ދީނީ އިލްމުވެރިންނަށް އެއްވެސް ހުރަހެއް ނޯންނާނެ ކަމަށެވެ. އަދި މިސަރުކަރުން ދީނީ އިލްމުވެރިންނަށް ފުރިހަމަ މިނިވަންކަން ދީފައިވާ ކަމަށާ އިލްމުވެރީންނަށް ދެންވެސް ހުރަހެއް ނޯންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ކޮންމެ ރިޔާސީ އިންތިހާބަކާއި ދިމާކޮށް، ދީނީ އިލްމްވެރިން އެބޭފުޅުންގެ ރައުޔު ހާމަކޮށް، ތާއީދުކުރައްވާ ކެނޑިޑޭޓުންގެ ކެމްޕެއިންގައިވެސް އަމަލީ ގޮތުން ބައިވެރިވާތަން ފެންނަމުންދެއެވެ. މިގޮތުން މިއަހަރުގެ އިންތިހާބާއި ދިމާކޮށްވެސް، ދިވެހި އިލްމްވެރިންގެ ގުޅުމުގެ ފަރާތުން ވަނީ އެބޭފުޅުންގެ ތެރެއިން ގިނަ އިލްމްވެރިންގެ ތާއީދު އޮތް ކެނޑިޑޭޓް އަކީ ކޮބައިކަން ހާމަކޮށްފައެވެ. 

މިއާއެކު، އެބޭފުޅުންގެ ޚިޔާލާއި ދެކޮޅު އިލްމްވެރިންތަކެއް ވެސް ވަނީ އެބޭފުޅުންގެ ތާއީދު ކުރައްވާ ކެނޑިޑޭޓް އަކީ ކޮބައިކަން ހާމަކުރުމަށް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް