އެޖައިމިއްޔާއިން މިއަދު ބުނީ އެ ޖަމިއްޔާއިން ރިޔާސީ އިންތިހާބު އޮބްޒާވްކުރަން ގެންގުޅޭނީ 'ރޭންޑަމް ސާމްޕަލިން' ގެ އުސޫލުކަމަށެވެ.
އެ ޖަމިއްޔާއިން މީގެ ކުރިން ރިޔާސީ އިންތިހާބު، ރައްޔިތުންގެ މަޖިލީހުގެ އާންމު އިންތިހާބު އަދި ލޯކަލް ކައުންސިލް އިންތިހާބުތައް މޮނީޓާ ކުރުމަށްވެސް މި މެތަޑު ބޭނުންކޮށްފަވެއެވެ.
ރިޔާސީ އިންތިހާބާ ގުޅިގެން ޓީއެމް އިން ދެ ބަޔާނެއް ނެރެން ވަނީ ނިންމާފައެވެ.
ފުރަތަމަ ބަޔާން ނެރޭނީ ރިޔާސީ އިންތިހާބުގެ ހުރިހާ މަރުކަޒުތަކެއްގަ ވޯޓުލާން ފެށުމުންނެވެ. ދެވަނަ ބަޔާން ނެރޭނީ ވަގުތީ ނަތީޖާ އިއުލާނުކުރުމުންނެވެ.
އޭގެ އިތުރުން ސެޕްޓެމްބަރު 10 ވަނަ ދުވަހު ނޫސްވެރިނާ ބައްދަލުކޮށް އެ ޖަމިއްޔާގެ ހޯދުންތައް ކިޔައިދޭނެކަމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ވަނީ ބުނެފައެވެ.