ads
ގއ.ވިލިގިލީގައި އިމާރާތްކުރެވޭ 50 ރޯ ހައުސްގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު. ފޮޓޯ: ޕްލޭނިންގް މިނިސްޓްރީ
ވިލިގިލި ރޯ ހައުސްއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
ގއ.ވިލިގިލިން ދޫކުރުމަށް ހަމަޖެހިފައިވާ 50 ރޯ ހައުސްއަށް އެދި ކުރިމަތިލުމުގެ ފުރުސަތު ރޭ ހުޅުވާލައިފިއެވެ.

ޕްލޭނިންގް މިނިސްޓްރީ އިން ބުނެފައިވާ ގޮތުން، ސަރުކާރުން ގެންގުޅޭ ބޯހިޔާވަހިކަމުގެ ޕޮލިސީގެ ދަށުން ދިނުމަށް ހަމަޖެހިފައިވާ މި 50 ރޯ ހައުސްއަށް އެދި ހުށަހަޅަން ޖެހޭނީ ގެދޮރުވެރިން ޕޯޓަލް މެދުވެރިކޮށެވެ. މި ރޯ ހައުސްތަކަށް ކުރިމަތިލުމަށް އެދި ރޭގެ ވަގުތެއްގައި ހުޅުވާލައިފާ ވާއިރު، ކުރިމަތިލުމުގެ އެއްމެ ފަހުގެ މުއްދަކަތީ އަންނަ އޮކްޓޯބަރު މަހުގެ 7 ވަނަދުވަހު ކަމަށްވެސް ޕްލޭނިންގް މިނިސްޓްރީ އިން މައުލޫމާތު ދެއެވެ.

ވިލިނގިލިން ދޫކުރަނީ ދެ ބުރިއަށް އިމާރާތްކޮށްފައި ހުންނަ ތިން ކޮޓަރީގެ ގެތަކެކެވެ. އަދި ތިން ފާހާނަ ވެސް ހުންނާނެ އެވެ. ރޯ ހައުސް ލިބޭ މީހުން އެޑްވާންސްގެ ގޮތުގައި އެއްވެސް ފައިސާއެއް ދައްކާކަށް ނުޖެހެ އެވެ.

އެ ގެތަކަށް ކުރިމަތިލާ މީހުންގެ ޝަރުތުގެ ތެރޭގައި ވިލިނގިލީ ރައްޔިތަކަށްވުމާއި 18 އަހަރުވުމާއި ރާއްޖޭގެ އެއްވެސް ހިސާބަކުން 600 އަކަފޫޓަށްވުރެ ބޮޑު ބަންޑާރަ ބިމެއް ނުވަތަ ފްލެޓެއް ލިބިފައިނުވުން ހިމެނެ އެވެ. އަދި 600 އަަކަފޫޓަށްވުރެ ކުޑަ ބިމެއް ލިބިފައިވާ ނަމަ އެ ބިން ދޫކޮށްލާން އެއްބަސްވާންޖެހެ އެވެ.

މި ރޯހައުސްތަކަށް ކުރިމަތިލުމަށް އެދި ސަރުކާރުން ކޮށްފައިވާ އިއުލާނާއެކު، ރޯހައުސްތަކަށް އެދި ކުރިމަތިލާ މީހުންނަށް ޕޮއިންޓް ދެވޭނެ އުސޫލުތައް ވެސް ވަނީ އާއްމުކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް