ads
އިޔާޒު އިތުރު އިލުމުވެރިންތަކަކާއެކު---
އިބޫއާއި މުއިއްޒުގެ މިޒާޖު އުޑާއި ބިމާހާ ތަފާތު: އިޔާޒު
ރައީސް އިބްރާހީމު މުހައްމަދު ސޯލިހާއި، ޑރ.މުހައްމަދު މުއިއްޒާއި ވަރަށް ގާތުން ތަޖުރިބާތަކެއް ކުރެއްވި ކަމަށާއި އެދެބޭފުޅުންގެ މިޒާޖު އުޑާއި ބިމާހާ ތަފާތު ކަމަށް ޑރ.އިޔާޒު އަބްދުއްލަތީފު ވިދާޅުވެއްޖެއެވެ.

ދީނީ އިލުމުވެރިޔާ ޑރ.އިޔާޒު މިހެން ވިދާޅުވީ އެމްޑީޕީ ރޭ އައްޑޫސިޓީގައި ބޭއްވި ކެމްޕޭނު ޖަލުސާގައެވެ. 

"ވާދަވެރިކަން އޮތް ދެ ކެންޑިޑޭޓުންނާއި ވެސް ވަރަށް ގާތުން އަޅުގަނޑަށް ވަނީ ތަޖުރިބާތަކެއް ކުރެވިފައި. މިތަޖުރިބާތަކުގެ މައްޗަށް ބަލާއިރު ދަންނަވަން ޖެހޭނީ، ދެބޭފުޅުންގެ މިޒާޖާއި މަސައްކަތުގެ ވައްޓަފާޅިއާއި، އަނެކުންނާއި މެދުގައި ބާއްވާ ގުޅުމާއި، ކުރާ އިހުތިރާމު އުޑާ ބިމާހާ ތަފާތު،" އިޔާޒު ވިދާޅުވިއެވެ.

އިޔާޒު ވިދާޅުވީ ރައީސް ސޯލިހުގެ ފަރާތްޕުޅުން ފެނުނީ މަޑުމައިތިރިކަމާއި ކެތްތެރިކަން ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުން ރުޅި އައިސްގެން ފުންމަ ފުންމައިގެންދާ އިރު ވެސް ރައީސް ސޯލިހު ހުންނަވަނީ ކޫލުކޮށް ކަމަށް އިޔާޒު ވިދާޅުވިއެވެ. 

އިޔާޒު ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ދިވެހިންގެ ކުރިމަތީގައި އޮތީ އެތައް ގޮތަކަށް ކުރި ނަމަވެސް އެންމެ ސުވާލެއް ކަމަށެވެ. އެއީ އޯގާތެރިކަމުން އަނިޔާވެރިކަމަށް ދާނަންތޯއާއި ސުލްހަ މަސަލަސް ކަމުން ހަމަނުޖެހުމަށް ދާނަންތޯ އޮތް ސުވާލު ކަމަށް އިޔާޒު ވިދާޅުވިއެވެ. 

އިޔާޒު ވިދާޅުވީ މާދުރު ނޫން މާޒީއެއްގައި ޕީޕީއެމުން ކަންތައް ކުރި ގޮތް ހަނދާނުގައި އެބަހުރި ކަމަށާއި އެކަންކަން ހަނދާން ނުނެތޭނެ ކަމަށެވެ. އެގޮތުން މަޖިލީހުގެ މެންބަރުން ފާރު މަތިން އުކި ކަމަށާއި، ބަޑިގުދަން ރަށެއްގެ ފަޅު ތެރެއިން ފެނުނު ކަމަށާއި، ސްޕްރީމް ކޯޓަށް ނުފޫޒު ފޯރުވި ކަމަށް އިޔާޒު ވިދާޅުވިއެވެ. 

އިޔާޒު ވިދާޅުވީ އިދިކޮޅު ފަރާތްތަކުގެ ގޮތުގައި މިހާރު ތިބީ އެއަމަލުތައް ހިންގި މީހުން ކަމަށާއި ރާއްޖޭގެ ވެރިކަން ދެން ލިބުނަސް އެފަރާތްތަކުން ކަން ކުރާނީ ހަމަ އެހެން ކަމަށެވެ.

50%
ކަމުގޮސްފި
22%
އަޑުއެހިތާ މިހުރީ
28%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް