ads
ރޭ ދަ ޑިމޮކްރެޓްސްއިން ސަލްޓަން ޕާކުގައި ބޭއްވި މާލޭ ޖަލްސާގައި ރައީސް ނަޝީދު ވާހަކަފުޅުދައްކަވަނީ: ވިދާޅުވީ މިނިވަންކަން ގެއްލި މި ދަނީ ރާއްޖެ އިންތިހާއަށް ދެރީމާ ކަމަށް - ފޮޓޯ:އަހުމަދު އަންވަރު
މިނިވަންކަން ގެއްލި މި ދަނީ ރާއްޖެ އިންތިހާއަށް ދެރީމާ - ރައީސް ނަޝީދު
ރާއްޖޭގެ މިނިވަންކަން ގެއްލި މި ދަނީ ގައުމު އިންތިހާއަށް ދެރީމާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
Advertisement

ރޭ ދަ ޑިމޮކްރެޓްސްއިން ސަލްޓަން ޕާކުގައި ބޭއްވި މާލޭ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ރާއްޖެއަށް މިހާރު އެންމެ މުހިންމު ކަމަކީ ނަގާފައިވާ ދަރަނިތައް ދެއްކުން ކަމަށެވެ. ނަޝީދު ވިދާޅުވެފައިވަނީ 2026 ވަނަ އަހަރަށްވާއިރު ދަރަނީގެ ގޮތުގައި އަނބުރާ ދައްކަން ޖެހޭ މިންވަރު އެއް ބިލިއަން ޑޮލަރަށްވުރެ އިތުރުވާނެ ކަމަށެވެ.

އެ ދަރަނި އަދާކުރައްވާނީ ރީފައިނޭންސް ކޮށްގެން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވާ ކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ އެއީ ރައީސް ސޯލިހު ކުރިންވެސް ކުރެއްވި ކަމެއް ކަމަށެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަނީސައިޓް ބޮންޑު އަލުން އަނބުރާ ދެއްކުމުގެ ބަދަލުގައި އެ ބޮންޑަށްވާ ފައިސާ ދެއްކުމަށްޓަކައި ރައީސް ސޯލިހް ދަރަނި ނެންގެވި ކަމަށް ވިދާޅުވާ ވިދާޅުވުން ރޭވެސް ނަޝީދު ތަކުރާރު ކުރެއްވިއެވެ.

ދަރަނި ދެއްކުމަށް އަނެއްކާވެސް ދަރަންޏެއް ނެގުމަކީ ދިވެހިންނަށް ގަބޫލުކުރެވޭ ގޮތެއް ނޫން ކަމަށް އެމަނިކުފާނަށް ކަށަވަރު ކުރެވޭ ކަމަށާއި އެއީ އިންތިހާއަށް ގެއްލުން ބޮޑުވާނެ ގޮތެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.

"ރާއްޖޭގެ ދަރަނީގެ ކަންކަންވަނީ މިނިވަންކަމާވެސް ގުޅިފައި. އަދި ރާއްޖޭގެ އިސްތިގުލާލާވެސް އަދި ދިވެހިންގެ ތަނަވަސްކަމާވެސް. މިއަދުގެ ދުނިޔޭގައި ގައުމެއްގެ މިނިވަންކަން ގެއްލިފާތޯ ނުވަތަ ނޫންތޯ ބަލަން، އެހެން ގައުމެއްގެ މިލިޓަރީ މިތާ އޮތްތޯ ނުވަތަ ނޫންތޯ. އެއީ ފެންނަ ގޮތުގައި ބުއްދިވެރިކަމެއް ނޫން ކުރަން އުޅެން. އަޅުގަނޑުމެންގެ މިނިވަންކަން ގެއްލި މި ދަނީ އަބަދުވެސް ރާއްޖެ އިންތިހާއަށް ދެރީމަ،" - ރައީސް ނަޝީދު

ނަޝީދު ވިދާޅުވެފައިވަނީ ރާއްޖެ އޮތީ ޗައިނާ އާއި އިންޑިއާއަށް އިންތިހާ ދަރަޖައަށް ދަރާފައި ކަމަށެވެ. އެ ދަރަނި ނުބެލެހެއްޓިއްޖެ ނަމަ މުސްތަގުބަލް ވަރަށް އަނދިރިވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ނަޝީދު ވިދާޅުވި ގޮތުގައި ރާއްޖެއަށް ތަނަވަސްކަމެއް އެކަމުން ނުލިބޭނެ ކަމަށާއި ދިމާވާ ދަތިތައް އިންތިހާއަށް ގޯސްވާނެ ކަމުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް