ads
ރައީސް ޔާމީން
ރައީސް ޔާމީން ވޯޓް ލެއްވުމަށް މާލެ ނުގެންނާނެ: ކަރެކްޝަންސް
ރިޝްވަތު ނެންގެވުމާއި، މަނީ ލޯންޑްރިންގް ގެ ކުށް ސާބިތުވެ، 11 އަހަރުގެ ޖަލުހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް ވޯޓް ލެއްވުމަށް މާލެ ނުގެންނަވާނެކަމަށް، މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފިއެވެ.

މިއަދު ކުރިއަށްދާ ރިޔާސީ އިންތިހާބުގައި ވޯޓް ލެއްވުމަށް، ރައީސް ޔާމީން ރީ ރެޖިސްޓަރ ކޮށްފައި ނުވާތީވެ، ވޯޓް ލެއްވުމަށްޓަކައި، މާލެ ގެންނަވާގޮތަށް ހަމަޖެހިފައިވޭތޯ، ސީއެންއެމް އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލް ޔުސްރީން ވިދާޅުވީ، ޖަލު ހުކުމް ތަންފީޒު ކުރައްވާ ގައިދީން ތިއްބަވާ ޖަލުތަކަކީ ވޯޓިންގް ސެންޓަރުތަކެއް ކަމަށާއި، އެހެންކަމުން ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ އެއްވެސް ފަރާތެއް ވޯޓް ލެއްވުމަށްޓަކައި މާލެ ނުވަތަ އެހެންވެސް ތަނަކަށް ގެންދާގޮތަކަށް ހަމަޖެހިފައި ނެތް ކަމަށެވެ.

"ޖަލު ތަކަކީ ވޯޓިންގް ސެންޓަރު ތަކެއް. އެހެންވީމާ، ޖަލުގަ ހުކުމް ތަންފީޒު ކުރައްވާ ގައިދީން ވޯޓު ލުމަށް ހަމަޖެހިފައިވަނީ، ޖަލުގައި ބެހެއްޓިފައިވާ ވޯޓް ފޮށިތަކަށް. ރައީސް ޔާމީން ވޯޓް ލުމަށްޓަކައި މާލެ ގެންދަވާ ގޮތަށް ހަމަޖެހިފައެއް ނުވޭ" ޔުސްރީން ވިދާޅުވިއެވެ.

ގައިދީން ވޯޓުލާން ހަތަރު ޖަލެއްގައި ފަސް ވޯޓް ފޮށި އިލެކްޝަން ކޮމިޝަނުން ވަނީ ބަހައްޓައިފަ އެވެ. މާފުށީ ޖަލުގައި ދެ ވޯޓް ފޮއްޓެއް ހުރެއެވެ.

ޖަލުގައި ބަހައްޓާ ފޮއްޓަށް ޔާމީން ރަޖިސްޓަރީ ނުކުރައްވާތީ އިލެކްޝަން ކޮމިޝަނުގެ ވޯޓާސް ލިސްޓްގައި އެ މަނިކުފާނިގެ ނަންފުޅު އޮތީ މައްޗަންގޮޅި އުތުރު ދާއިރާގެ ދެވަނަ ވޯޓް ފޮށީގެ ލިސްޓުގައެވެ.

މި ފަހަރުގެ އިންތިހާބުގަ ވާދަކުރައްވަން ޔާމީންގެ ފޯމް ހުށަހެޅުއްވިޔަސް ޖަލު ހުކުމާ ހެދި ކެންޑިޑެސީ ބާތިލްވީއެވެ. އިލެކްޝަންސްގެ އެ ނިންމުން ޕީޕީއެމުން ސުޕްރީމް ކޯޓަށް ހުށަހެޅި ނަމަވެސް ކޯޓުން ވެސް އީސީގެ ނިންމުމަށް ތާއީދުކުރުމުން ޔާމީނަށް ފުރުސަތު ބަންދުވީއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް