ads
ރައީސް ސޯލިހް އާއެކު އަލީ ޒާހިރު: ވިދާޅުވީ އިންތިހާބު އެއްބުރުން ކާމިޔާބު ނުކުރެވުނު ނަމަވެސް އެކަން އަދި ނިމުނީކީ ނޫން ކަމަށާއި ދެވަނަ ބުރަށް ދާނީ މާ ވަރުގަދަކޮށް ކަމަށް.
މިކަން އަދި ނިމުނީކީ ނޫން، ދެވަނަ ބުރަށް ދާނީ އަދި މާ ވަރުގަދަކޮށް: އަލީ ޒާހިރު
ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބު އެއްބުރުން އެމްޑީޕީ އާއި ގުޅިފައިވާ ޕާޓީތަކަށް ކާމިޔާބު ނުކުރެވުނު ނަމަވެސް އެކަން އަދި ނިމުނީކީ ނޫން ކަމަށާއި ދެވަނަ ބުރަށް ދާނީ މާ ވަރުގަދަކޮށް ކަމަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.
Advertisement

އެމްޑީޕީ އާއި ގުޅިފައިވާ ޕާޓީތަކުން ބުނަމުން އައި ގޮތަށް އިންތިހާބު އެއްބުރުން ކާމިޔާބު ނުކުރެވުނުއިރު، އިންތިހާބުގެ ފުރަތަމަ ބުރުން ކުރި ހޯއްދަވާފައިވަނީ ވާދަވެެރި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒެވެ. ވަގުތީ ނަތީޖާއިން ދައްކާގޮތުން މުއިއްޒު ކުރި ހޯއްދަވާފައިވަނީ 46 އިންސައްތަ ވޯޓާ އެކުގައެވެ. އެމްޑީޕީ އާއި ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންނެވީ 39 އިންސައްތަ ވޯޓެވެ.

އިންތިހާބާ ގުޅިގެން އަލީ ޒާހިރު އެކްސްގައި ވިދާޅުވީ އިންތިހާބު އެއްބުރުން އިންތިހާބު ކާމިޔާބު ނުކުރެވުނު ނަމަވެސް އެކަން އަދި ނިމުނީކީ ނޫން ކަމަށާއި ދެވަނަ ބުރަށް ދާނީ މާ ވަރުގަދަކޮށް ކަމަށެވެ.

"ދެވަނަ ބުރުގައި އަޅުގަނޑުމެން ނިކުންނާނީ މިފަހަރު ވޯޓުގައި ބައިވެރި ނުވެވުނު ހުރިހާ ބޭފުޅުންގެ ވޯޓް އާވެސް އެކު. އެންމެން އެކުގައި ކެންޑިޑޭޓް ނަންބަރު ތިނެއް ރައީސް ސޯލިހު އާ އެކީ އުފާވެރި އަމާން ރާއްޖެއަށް ހޯދާނަން،" - ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު

އިންތިހާބުގެ ފުރަތަމަ ބުރުގައި ކުރިމަތިވި ނާކާމިޔާބީ އާއެކު ދެވަނަ ބުރު ކާމިޔާބު ކުރުމަށް އެމްޑީޕީ އާއި ގުޅިފައިވާ ޕާޓީތަކުން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.

އިންތިހާބަށްފަހު ރައީސް ސޯލިހު ވިދާޅުވެފައިވަނީ އެމްޑީޕީއަށް ކުރިން ވިސްނިފައި ނެތް ބައެއް ކަންކަން އެބަހުރި  ކަމަށާއި އިންތިހާބުން ލިބިވަޑައިގެންނެވީ އުންމީދުކުރެއްވި ފަދަ ނަތީޖާއެއް ނޫން ކަމަށެވެ. އެހެންކަމުން ދެން ކުރިއަށް ދެވޭނީ ކޮންމެވެސް ބަޔަކާ ގުޅިގެން ކަމަށް ރައީސް ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 30 ވަނަ ދުވަހުއެވެ.

20%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
60%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް