ads
ހަށި ވިއްކުމުގެ ތުހުމަތުގައި މީގެ ކުރިން ބިއުޓީޕާލާ އަކުން ހައްޔަރުކޮށްފައިވާ ބައެއް———
ހަށިވިއްކާ ކަމަށް ތުހުމަތު ކުރެވުނު ފިރިހެން މީހާ ދޫކޮށްލައިފި
ހަށި ވިއްކުމުގެ ތުހުމަތުގައި ހައްޔަރު ކުރި ދިވެހި ފިރިހެން މީހާ ދޫކޮށްލައިފިއެވެ.

ހަށި ވިއްކުމުގެ ތުހުމަތުގައި އުމުރުން 50 ން މައްޗަށް ގޮސްފައިވާ މި މީހާ ހައްޔަރުކުރީ މި ދިޔަ މަހު ފަހުކޮޅުއެވެ. އޭނާ ބަންދުގައި 10 ދުވަސް ހޭދަ ކުރުމަށް ފަހު މިއަދު ކޯޓަށް ހާޒިރު ކުރުމުން، ޝަރުތުތަކަކާއެކު އޭނާވަނީ ދޫކޮށްލާފައެވެ.

10 ދުވަހު ބަންދުގައި ބެހެއްޓުމަށް ފަހު ދޫކޮށްލިއިރު، ބަންދު އަމުރު ރިޕޯޓުގައި ބުނެފައިވަނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވެނީ، ޖިނާއީ ބޮޑު ކުށަކަށް ނުވެފައި ކުރި ކުށަށް ތުހުމަތު ކުރެވޭވަރުގެ އެކަށީގެންވާ ހެކި ގަރީނާ ހުށަހަޅާފައި ނުވާތީ ދޫކޮށްލީ ކަމަށެވެ. އެކަމަކު އެ މީހާ މި މައްސަލައިގައި ފުރަތަމަ ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމަން ހާޒިރު ކުރި ދުވަހުގެ ބަންދު އަމުރު ރިޕޯޓުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މިންވަރަށް ފުލުހުންގެ އަތުގައި ހެކި ހުއްޓެވެ.

ފުރަތަމަ އޭނާއަށް 10 ދުވަހުގެ ބަންދު މުއްދަތެއް ޖެހީވެސް އަދި މިއަދު އޭނާ ދޫކޮށްލަން އަމުރު ކުރީވެސް ގާޒީ ހުސެއިން ފާއިޒް ރަޝާދުއެވެ.

މީގެ ކުރިންވެސް ފުލުހުންގެ އޮޕަރޭޝަނެއްގައި ހަމަ މި މީހާއަށް އެފަދަ ކަންކަން ހިނގަމުންދާ ގޮތް ބުނެދީފައިވާކަަމަށް ވެސް ބަންދު އަމުރު ރިޕޯޓުގައި ބުނެފައިވެއެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
67%
ވަރަށް ސަލާމް
ކޮމެންޓްސް