ads
ރައީސް މައުމޫނު ފާރިސްގެ ކެމްޕޭނު ޕޯސްޓަރަކާއެކު---
މިއީ ފާރިސަށް ފެށުމެއް، ކާމިޔާބުވާނެ: ރައީސް މައުމޫން
ރިޔާސީ އިންތިހާބުގައި ފާރިސް މައުމޫނަށް ލިބިވަޑައިގެންނެވި ނަތީޖާއަކީ ފެށުމެއް ކަމަށާއި ކާމިޔާބު ހޯދޭނެ ކަމަށް ފާރިސްގެ ބައްޕާފުޅު މައުމޫން އަބްދުލް ގައްޔޫމު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ފާރިސް ވަނީ 3004 ވޯޓު ހޯއްދަވާފައެވެ. އެއީ ވޯޓުގައި ބައިވެރިވި 1.37 އިންސައްތައެވެ. 

ރައީސް މައުމޫނު ވިދާޅުވީ މިއީ ފެށުމެއް ކަމަށާއި މާތްﷲ ގެ އިރާދަފުޅާއެކު ކާމިޔާބު އޮތީ ކުރިއަށް ކަމަށް ރައީސް މައުމޫނު ވިދާޅުވެފައިވެއެވެ.

ފާރިސް އިންތިހާބުގައި ނުކުމެވަޑައިގެންނެވީ ރަނިންމޭޓެއްގެ ގޮތުގައި ޑރ.އަބްދުއްސައްތާރު ޔޫސުފުއާއެކުއެވެ. 

ރައީސް މައުމޫނު އިސްކޮށް ހުންނަވައިގެން އުފައްދަވާފައިވާ އެމްއާރުއެމް 3000 މެންބަރުން ހަމަނުވާތީ އުވާލުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ފަށާފައިވާތީ ފާރިސް ވާދަ ކުރައްވާފައިވަނީ އަމިއްލަ ގޮތުންނެވެ. 

އިންތިހާބުގައި ފާރިސް ވާދަ ކުރެއްވި އިރު ޔުމްނާ މައުމޫނު ތާއީދު ކުރެއްވީ ރައީސް އިބްރާހީމު މުހައްމަދު ސޯލިހަށެވެ. ދުންޔާ މައުމޫނު އެމްއެންޕީގެ މުހައްމަދު ނާޒިމަށް ތާއީދު ކުރެއްވި އިރު ގައްސާނު މައުމޫނު ހުންނެވީ އިދިކޮޅު ޕީއެންސީ/ޕީޕީއެމްގެ ކެންޑިޑޭޓު ޑރ.މުހައްމަދު މުއިއްޒަށް ތާއީދު ކުރައްވައިގެންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް