ads
ސަމާ ޓްރާންސްފާ 2023
ކުޅުންތެރިން ހޯދުމަށް 7.36 ބިލިއަން ޑޮލަރުގެ ރެކޯޑު އަދަދެއް ހަރަދުކޮށްފި
ކްލަބުތަކުން ކުޅުންތެރިން ހޯދުމަށް މީގެ ކުރިން ދުވަހަކުވެސް ހަރަދު ނުކުރާ ވަރުގެ ރެކޯޑު އަދަދަކަށް މިފަހަރުގެ ޓްރާންސްފާ މާކެޓުގައި ހަރަދުކޮށްފައިވާ ކަމަށް ފުތްބޯޅައިގެ މައި އިދާރާ ފީފާއިން ބުނެފިއެވެ.
Advertisement

ފީފާއިން ރިޕޯޓު ކޮށްފައިވާ ގޮތުގައި ޖޫން އެއްވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރު އެކެއްގެ ނިޔަލަށް ކްލަބުތަކުން ވަނީ ކުޅުންތެރިން ހޯދުމަށް ޖުމްލަ 7.36 ބިލިއަން ޑޮލަރު ހޭދަކޮށްފައެވެ. މިއީ މީގެ ކުރިން ރެކޯޑު އޮތް 2019 ވަނަ އަހަރާއި އަޅާ ބަލާއިރު 26.8 އިންސައްތައިގެ ބޮޑު އަދަދެކެވެ. އަދި މިދިޔަ އަހާއި އަޅާ ބަލާނަމަ 47.2 އިންސައްތައިގެ ބޮޑު އަދަދެކެވެ. 

މިފަހަރުގެ ޓްރާންސްފާގައި އެންމެ ބޮޑު ހަރަދެއް ކޮށްފައިވާ އިނގިރޭސި ޕްރިމިއާ ލީގުތަކުން ވަނީ ޖުމްލަ 1.98 ބިލިއަން ޑޮލަރު ހަރަދުކޮށްފައެވެ. ނަމަވެސް ޓްރާންސްފާ މާކެޓުގައި އެންމެ ބޮޑު އާމްދަނީއެއް ހޯދާފައިވަނީ ޖަރުމަނުންނެވެ. ޖަރުމަނުގެ ކްލަބުތަކުން ވަނީ ޖުމްލަ 1.11 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދާފައެވެ. ފީފާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި މިއީ އެއް ފެޑެރޭޝަނެއްގެ ކްލަބުތަކުން އެއް ބިލިއަން ޑޮލަރަށްވުރެ ބޮޑު އާމްދަނީއެއް ހޯދި ފުރަތަމަ ފަހަރެވެ. 

ދެވަނައަށް އެންމެ ބޮޑު ހަރަދެއް ކޮށްފައިވާ ސައުދީގެ ކްލަބުތަކުން ޖުމްލަ 875.4 މިލިއަން ޑޮލަރު ހޭދަކޮށްފައި ވާއިރު 859.7 މިލިއަން ޑޮލަރު ހަރަދުކޮށްގެން ތިންވަނާގައި އޮތީ ފްރާންސްގެ ކަލްބުތަކެވެ. ހަތަރުވަނައަށް އެންމެ ބޮޑު ހަރަދެއް ކޮށްފައިވަނީ ޖަރުމަނުގެ ކްލަބުތަކުންނެވެ. އެކްލަބުތަކުން ވަނީ ޖުމްލަ 762.4 މިލިއަން ޑޮލަރު ހޭދަކޮށްފައެވެ. 

މީގެ އިތުރުން އިޓާލިއަން ލީގުގެ ކްލަބުތަކުން ޖުމްލަ 711 މިލިއަން ޑޮލަރު ހަރަދުކޮށްފައި ވާއިރު އެންމެ ކުޑަ ހަރަދެއް ކުރީ ސްޕެއިންގެ ކުލަބުތަކުންނެވެ. ލަލީގާގެ ކްލަބުތަކުން މިފަހަރު ކުޅުންތެރިން ހޯދުމަށް ހަރަދުކުރީ ޖުމްލަ 405.6 މިލިއަން ޑޮލަރެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް