ads
ކުރީގެ ޕީޖީ މުހުތާޒް: ވިދާޅުވީ ކޮންމެވެސް އެއް ރާއްޖެއެއްގެ ފަސްގަނޑަށް އަރައިވަޑައިގަންނަވާނެ ކަމަށް - ފޮޓޯ:ރައީސް އޮފީސް
ކޮންމެވެސް އެއް ރާއްޖެއެއްގެ ފަސްގަނޑަށް އަރާނަން: ކުރީގެ ޕީޖީ މުހުތާޒު
ރިޔާސީ އިންތިހާބުގައި ކުރިއަށްދާ ކެމްޕެއިނުގެ ތެރެއިން ކޮންމެވެސް އެއް ރާއްޖެއެއްގެ ފަސްގަނޑަށް އަރައިވަޑައިގަންނަވާނެ ކަމަށް ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން ވިދާޅުވެއްޖެއެވެ.
Advertisement

މިއަދު އެކްސްގައި މުހުތާޒު ވިދާޅުވީ ސިޔާސީ މަސައްކަތަށް ނިކުންނެވުމަަށް ގަސްތުކުރައްވާ ކަމަށެވެ. އެގޮތުން ވަރަށް އަވަހަށް ކޮންމެވެސް އެއް ރާއްޖެއެއްގެ ފަސްގަނޑަށް އެ މަނިކުފާނު އަރައިވަޑައިގަންނަވާނެ ކަމަށް މުހުތާޒު ވިދާޅުވިއެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވެރިކަން ކުރަމުން އަންނަ އެމްޑީޕީ އާއި އަދާލަތު ޕާޓީ އަދި އެމްޑީއޭ ގުޅިގެން ކެމްޕެއިން ކުރަމުން އަންނަނީ "އުފާވެރި އަމާން ރާއްޖެ" ސްލޯގަންގެ ދަށުންނެވެ. އެ ސްލޯގަން އާއެކު އެމްޑީޕީ އާއި ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި އިންތިހާބުގައި ވާދަކުރައްވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ވާދަވެރި ޕީޕީއެމް - ޕީއެންސީގެ ފަރާތުން ފީއެންސީގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި ވާދަކުރައްވަމުން ގެންދަވާ ޑރ. މުހައްމަދު މުއިއްޒު ކެމްޕެއިނުގައި ބޭނުން ކުރައްވާ ސްލޯގަންއަކީ "ދިވެހީންގެ ރާއްޖެ" އެވެ.

ފޯރިގަދަ ކެމްޕެއިނަކަށް ފަހު އިންތިހާބުގެ ވޯޓުލުން ހޮނިހިރު ދުވަހު ބާއްވައި ވަގުތީ ނަތީޖާ އިއުލާނުކޮށްފައިވާއިރު، މުއިއްޒަށް ވަނީ 100،000 އަށް ވުރެ ގިނަ ވޯޓު ލިބިވަޑައިގެންފަ އެވެ. އެއީ ވޯޓުގައި ބައިވެރިވި މީހުންގެ 46 ޕަސެންޓެވެ. އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންނެވީ 85،000 އަށް ވުރެ ގިނަ ވޯޓެވެ. އެއީ ވޯޓުގައި ބައިވެރިވި މީހުންގެ 39 ޕަސެންޓެވެ. 

އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓު ދިނުމުގެ ހައްގު 282,395 މީހުންނަށް ލިބޭއިރު ވޯޓުލީ ގާތްގަނޑަކަށް 78 އިންސައްތަ އެވެ. މިއީ 2008 ގައި ފެހި ގާނޫނު އަސާސީގެ ދަށުން މަލްޓި ޕާޓީ ޑިމޮކްރެސީގެ އަސާސްތަކާއެކު ރިޔާސީ އިންތިހާބު ބާއްވަން ފެށި ފަހުން ވޯޓުލީ މީހުންގެ ނިސްބަތް އެންމެ ދަށް ފަހަރެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު އޮންނާނީ ސެޕްޓެމްބަރު 30 ގަ އެވެ.

11%
ކަމުގޮސްފި
11%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
11%
ވަރަށް ސަލާމް
ކޮމެންޓްސް