ads
ފާރިސް އެމްއާރުއެމްގެ ބައެއް ބޭފުޅުންނާއެކު---
ދެކޮޅުން ވެސް ފާރިސަށް ކޯލިޝަންގެ ދައުވަތު
ޑރ.މުހައްމަދު މުއިއްޒާއި ރައީސް އިބްރާހީމު މުހައްމަދު ސޯލިހު ވެސް ކޯލިޝަން ހެއްދެވުމަށް ފާރިސް މައުމޫނަށް ދައުވަތު ދެއްވައިފިއެވެ.

ފާރިސް ވަނީ ކޯލިޝަން ހެދުމަށް ރައީސް ސޯލިހާއި، މުއިއްޒުގެ ފަރާތުން ހުށަހަޅުއްވާފައިވާކަން ހާމަ ކުރައްވާފައެވެ. 

ނަމަވެސް އަދި ވަކި ގޮތަކަށް ނުނިންމަވާ ކަމަށާއި، ކުރިން ވެސް ދަންނަވާފައިވާ ފަދައިން މެނިފެސްޓޯގައިވާ ކަންތައްތަކާ މަޝްވަރާ ކުރާނެ ކަމަށް ފާރިސް ވިދާޅުވިއެވެ. 

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ފާރިސް ވަނީ 3000 ވޯޓު ހޯއްދަވާފައެވެ. އެއީ ވޯޓުލީ މީހުންގެ 1.37 އިންސައްތަ ވޯޓެވެ. 

ފުރަތަމަ ބުރުގައި މުއިއްޒު 100000 އަށްވުރެ ގިނަ ވޯޓު ހޯއްދަވާފައިވާ އިރު ދެވަނަ ބުރުގައި އިންތިހާބު ކާމިޔާބު ކުރައްވަން މުއިއްޒު ކުރައްވަން ޖެހިވަޑައިގަންނަވަނީ ކުޑަ މަސައްކަތެވެ. 

ފުރަތަމަ ބުރުގައި 85000 ވޯޓާއެކު ދެވަނަ ބުރު ކާމިޔާބު ކުރައްވަން ރައީސް ސޯލިހު ކުރައްވަން ޖެހިވަޑައިގަންނަވާ މަސައްކަތް ބޮޑެވެ. 

ރޭ އާޓިފިޝަލު ބީޗުގައި ބޭއްވި އެއްވުމެއްގައި ކޯލިޝަން ހެދުމަށް މުއިއްޒު ދައުވަތު ދެއްވާފައިވާ އިރު، ރައީސް ސޯލިހުވަނީ ކޯލިޝަން ހަދަން ބައެއް ފަރާތްތަކާއި ވާހަކަ ދައްކަމުންދާ ކަން ހާމަ ކުރައްވާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް