ads
އަލްހާން ފަހްމީ: ވިދާޅުވީ ކިންގްސްއަށް ދިމާވެފައިވާ މައްސަލަ ހައްލުކޮށް، އިންވެސްޓް ކުރި ފަރާތްތަކަށް ލަސްވެގެން އަންނަ ޖެނުއަރީ މަހު ފައިސާ ދޭން ފެށޭވަރުވާނެ ކަމަށް - ފޮޓޯ:އަވަސް
އުންމީދުކުރަނީ އަންނަ ޖެނުއަރީ މަހު ފައިސާ ދޭން ފެށޭނެ ކަމަށް: އަލްހާން
ކިންގްސް ކެޕިޓަލް ހޯލްޑިންގްސްއަށް ދިމާވެފައިވާ މައްސަލަ ހައްލުކޮށް، އިންވެސްޓް ކުރި ފަރާތްތަކަށް ލަސްވެގެން އަންނަ އަހަރުގެ ޖެނުއަރީ މަހު ފައިސާ ދޭން ފެށޭވަރުވާނެ ކަމަށް އުންމީދުކުރެއްވޭ ކަމުގައި އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.
Advertisement

ކިންގްސްއަށް ދިމާވެފައިވާ މައްސަލަ އާ ގުޅޭގޮތުން އަލްހާން މިއަދު ދެއްވި ސްޓޭޓްމަންޓެއްގައި ވިދާޅުވީ އޭނާގެ ކުންފުނި، ކިންގްސް ކެޕިޓަލް ހޯލްޑިންގްސްގެ ބޯޑުން، އޮންލައިން ޓްރޭޑް ކުރުމަށް ނިންމާ، އިންޓަނޭޝަނަލް ބްރޯކަ‎ރަކާ އެކީ އެފިލިއޭޓް ޕާޓްނަޝިޕެއް ހެދިކަމަށެވެ. ކުންފުނިން ރޭވި އިންތިޒާމެއްގެ ތެރެެއިން އޮންލައިން ޓްރޭޑިންގެ އެކައުންޓުތަކެއް ހޯދާ، އާންމު ފަރުދުންގެ އަތުންވެސް ޓްރޭޑްކުރަން ކެޕިޓަލް ހޯދަން ނިންމާ، ބައިވެރިވާން ބޭނުން ފަރާތްތަކަށް ވަކި މުއްދަތަކުން ފައިދާ އަނބުރާ ލިބޭ ގޮތަށް އިންވެސްޓްމަންޓް ޕެކޭޖް ނަގައިގެން ވިޔަފާރީގައި ބައިވެރިވެވޭނެ އިންތިޒާމް ހަމަޖެއްސި ކަމަށް އަލްހާން ވިދާޅުވިއެވެ.

އަލްހާން ވިދާޅުވެފައިވަނީ އެކަން ބަރާބަރަށް ކުރަމުން އަންނަތާ ތިން މަސްވީ ތަނާ، އެއްވެސް ފަރާތެއްގެ ޝަކުވާއެއް ނެތީސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަންގައިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި އޮންނަ ކިންގްސްގެ އެކައުންޓް ފްރީޒްކޮށް ވިޔަފާރި ގާނޫނާ ހިލާފަށް ހުއްޓުވާލުމުގެ ސަބަބުން، ކުންފުންޏަށާއި ޓްރޭޑް ކުރުމަށް ދިމާވި ދަތިތަކާ ހުރެ، އެތައް ބައިވަރު ފައިސާ ގެއްލުނު ކަމަށެވެ. އެކަމުގެ ސަބަބުން އިންވެސްޓްކުރި ފަރާތްތަކުގެ ތެރެއިން ބައެއް ފަރާތްތަކަށް އެ ދުވަހުން ފެށިގެން އެއްބަސްވި ގޮތަށް ފައިސާ ދެވިފައި ނުވީ ނަމަވެސް، އެ ވިޔަފާރިއަކީ މަކަރާ ހީލަތާ މަނީލޯންޑަރިންގެ ކުށުގެ އަމަލު ހިމެނޭ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

އަލްހާން ވިދާޅުވި ގޮތުގައި އެމްއެމްއޭއިން ތުހުމަތުކުރި މަނީލޯންޑަރިންގެ މައްސަލައިގެ ތަހުގީގު ދިގުލާ ނުނިމި އޮތުމަކީ  ކުންފުންޏަށް ވިޔަފާރި ކުރިއަށް ގެންދެވެން ނެތް އެންމެ ބޮޑު ސަބަބު ކަމުގައެވެ.

ކިންގްސް ކުންފުނީގެ އެކައުންޓް ބަންދުކޮށް ވިޔަފާރި ހުއްޓުވި މައްސަލާގައި ބީއެމްއެލުން އެކަން ކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށާއި ލިބުނުގެ ގެއްލުމުގެ ބަދަލު ދޭން ޖެހޭނެ ކަމަށް ޝަރީއަތުން ކަނޑައަޅާފައިވާއިރު އެ މައްސަލަ އެ ބޭންކުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ ކަމަށް އަލްހާން ވިދާޅުވިއެވެ.

އަލްހާން ވިދާޅުވީ ކިންގްސް ކުންފުނީގެ ވިޔަފާރި ހުއްޓުވުމުގެ ކުރިން ބަރާބަރަށް ފައިސާ ދެމުން އައިކަން އިންވެސްޓަރުންނަށް ރަނގަޅަށް އެނގޭނެ ކަމަށާއި ފައިދާ އާ އެކީ ލިބުނު މީހުން މަދު ނުވާނެ ކަމަށެވެ.

"އެހެންވީމާ، އަޅުގަނޑު މަސައްކަތް މިކުރަނީ ވީހާ އަވަހަކަށް މިކަންކަން ހައްލުކޮށް، ކުންފުނީގެ ވިޔަަފާރި ފަށާ، އިންވެސްޓަރުންނަށް ވީހާ އަވަހަކަށް ފައިސާ ދިނުމަށެވެ. މިމައްސަލަތައް ނުނިމި ހުރުމަކީ ކެޕިޓަލް ރައިޒްކޮށް ވިޔަފާރި ކުރިއަށްގެންދަން އޮތް ހުރަހަކަށް ވާތީ އަދި އެކަން ނުކުރެވިގެން އުޅޭ ވާހަކަވެސް ދަންނަވަމެވެ. އަޅުގަނޑު މިހާރު އުންމީދުކުރަނީ ލަސްވެގެން އަންނަ އަހަރުގެ ޖެނުއަރީ މަހު ފައިސާ ދޭން ފެށޭ ވަރުވާނެކަަމަށް،" - އަލްހާން ފަހުމީ

އަލްހާން ވިދާޅުވެފައިވަނީ އޭނާގެ ވިޔަފާރި އާ ގުޅިގެން ދެ ފަރާތުގެ މަންފާއަށްޓަކައި ކުރި މަސައްކަތް ހުއްޓި، ބައެއް ފަރާތްތަކަށް ދަތިތަކާ ކުރިމަތިވެފައިވާތީ އެކަމަށް މައާފަށް އެދިވަޑައިގަންނަވާ ކަމަށެވެ. މިކަން ސިޔާސީ ކަމަކަށް ނަހަދާ، އޭނާއަށް ދިމާވި ހާލަތު ގަބޫލުކޮށް، ވަގުތުދެއްވުމަށް އަލްހާން ވަނީ އެދިވަޑައިގެންފައެވެ.

އަލްހާން ވިދާޅުވި ގޮތުގައި ކިންގްސްއަށް ދިމާވެފައިވާ މައްސަލަ ހައްލުކޮށް، ކުންފުނީގެ ދަރަނި އަދާކޮށް، ރާއްޖޭގެ އިގުތިސޯދާއި ރައްުޔިތުންނަށް މިކަމުގެ މަންފާ ހޯދައިދޭނެކަމުގެ ޔަގީންކަން ދެއްވާ ކަމުގައެވެ.

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
22%
ސަތޭކައަކުން ސުމެއް
11%
ވަރަށް ސަލާމް
ކޮމެންޓްސް