ފުލުހުން ވިދާޅުވީ ފޭސް ދޭއްގެ އިރު އުތުރު ފަރާތުން މަސް ހިފަން މޫދަށް ފޭބި މީހަކު ގެއްްލިގެން ހޯދާ ކަމަށް ފުލުހުންނަށް ރިޕޯޓް ކުރި ކަމަށެވެ.
އަދި އޭނާ ހޯދަމުން ދަނިކޮށް ފޭސް ދޭއްްގެ އިރު އުތުރު ފަރާތު ފަޅު ތެރެއިން ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ގެއްލިގެން ހޯދަނިކޮށް، މަރުވެފައި އޮއްވައި ފެނިފައިވަނީ ސްރީލަންކާއަށް ނިސްބަތްވާ އުމުރުން 55 އަހަރުގެ ފިރިހެނެކެވެ.
ފުލުހުން ވިދާޅުވިގޮތުގައި އޭނާ ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައި ވެއެވެ.
މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން އަންނަނީ ބަލަމުންނެވެ.