ads
ޗީފް އޮފް ޑިފެންސް ފޯސް ލެފްޓިނެންޓް ޖެނަރަލް ޢަބްދުﷲ ޝަމާލް. ފޮޓޯ: ޓައިމްސް އޮފް އައްޑޫ
ބޭރުގެ ގައުމެއްގެ އަސްކަރީ ބޭސްއެއް ރާއްޖޭގައި ނެތް: ޝަމާލް
ބޭރުގެ ގައުމެއްގެ އަސްކަރީ ބޭސްއެއް ނުވަތަ ފެސިލިޓީއެއް ރާއްޖޭގައި ނުހުންނާނެ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް، ލެފްޓިނެންޓް ޖެނަރަލް ޢަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ.
Advertisement

ދައުލަތުގެ މީޑިއާ، ޕީއެސްއެމް އަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި ލެފްޓިނެންޓް ޖެނަރަލް ޝަމާލް ވިދާޅުވީ، ދިވެހި ސިފައިންގެ ބާރު ނުހިނގާ ތަންތަން ރާއްޖޭގައި ހުރިކަމަށް ވާހަކަ ދެކެވޭ ކަމަށާއި، އެހެން ނަމަވެސް ދިވެހި ސިފައިންގެ ބާރު ނުހިނގާ ތަނެއް އަސްކަރީ އެއްވެސް މަރުކަޒެއް ނުހުންނާނެކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

އުތުރުތިލަފަޅުގައި ތަރައްގީ ކުރާ ދިވެހި އަސްކަރިއްޔާގެ އެކަތަ ބަނދަރު މަޝްރޫއު ގުޅޭގޮތުން ޝަމާލް ވިދާޅުވީ، އެ މަޝްރޫއާ ގުޅޭ މައުލޫމާތުތަކަކީވެސް މީޑިއާގައިވެސް އަދި ރައްޔިތުންގެ މަޖިލީހުގެ 241 ކޮމެޓީގައި ވެސް ހިއްސާ ކުރައްވާފައިވާ މައުލޫމާތުތަކެއް ކަމަށާއި އަދި އެކަތަ ބަނދަރުގައި ތަރައްގީ ކުރާ ހުރިހާ ފެސިލިޓީއަކާއި އެތަނުގައި ބޭނުން ކުރާ ހުރިހާ ސާމާނަކީ ވެސް ދިވެހި ދައުލަތުގެ ފެސިލިޓީތަކެއްކަމަށެވެ. 

އެތަނުގެ ސެކިއުރިޓީ ކަންކަން ބެލެހެއްޓުމުގައި ވެސް ދިވެހި ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށާއި މީގެ އިތުރުން ދިވެހި ސިފައިންނަކީ އަބަދު ވެސް ރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލާއި ސިޔާދަތު ނެގެހެއްޓުމުގައި ސާބިތުކަންމަތީގައި މަސައްކަތް ކުރާނެ ބައެއްކަމަށް ޝަމާލް ވިދާޅުވި އެވެ.   

އިންޑިއާގެ އަސްކަރިއްޔާ އާއި، ދިވެހި އަސްކަރިއްޔާ އާ ދެމެދު އޮންނަ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާ ޝަމާލް ވިދާޅުވީ، މީހުން ތަމްރީން ކުރުމާއި އަސްކަރީ އެކި ހަރަކާތްތަކުގައި އިންޑިއާއަކީ ޒަމާނުއްސުރެ ދިވެހި ސިފައިންނަށް އެހީތެރިކަން ފޯރުކޮށްދޭ ބައެއްކަމަށާއި އެގޮތުން 2011 ވަނަ އަހަރު އިންޑިއާގެ ކޯސްޓްގާޑުގެ ހެލިކޮޕްޓަރަކާއި، 2016 ވަނަ އަހަރު އިންޑީއާ ނޭވީގެ ހެލިކޮޕްޓަރެއް އަދި 2019 ވަނަ އަހަރު ޑޯނިއާ މަތިންދާ ބޯޓަކާ އަދި އެ ނޫން ވެސް ކަނޑުގެ ވަސީލަތްތަކާއި ޕެޓްރޯލް އުޅަނދު ފަހަރު ހަދިޔާކޮށްދީފައިވާކަމަށެވެ.

17%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް