ads
މިރޭ ބޭއްވުނު އެމްއެންޕީގެ ގައުމީ ހިންގާ ކައުންސިލްގެ ބައްދަލުވުން. ފޮޓޯ: އެމްއެންޕީ
އެމްއެންޕީގެ ގައުމީ ހިންގާ ކޮމިޓީގެ ތާއީދު ޕީއެންސީ ޑރ. މުއިއްޒަށް
މޯލްޑިވްސް ނޭޝަނަލް ޕާޓީގެ ގައުމީ ހިންގާ ކޮމިޓީގެ ގިނަ މެމްބަރުން، ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރުމަށް ނިންމައިފިއެވެ.

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި އެމްއެންޕީ އިން އަމަލު ކުރާނެ ގޮތަކާ މެދު ބަހުސް ކުރުމަށް މިރޭ ބޭއްވި އެޕާޓީގެ ގައުމީ ހިންގާ ކޮމިޓީގެ ބައްދަލުވުމުގައި ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުއިއްޒަށް، ގިނަ މެމްބަރުން ތާއީދުކުރަން ނިންމާފައިވާ ކަމަށް ބުނެ، އެޕާޓީއިން ވަނީ މީޑިއާތަކަށް މެސެޖެއް ހިއްސާކޮށްފައެވެ.

މި މެސެޖުގައި ވާގޮތުން ކޯލިޝަން ހެދުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މެމްބަރުން މިނިވަންކަމާއެކު ހިޔާލު ފާޅުކޮށް މަޝްވަރާ ކުރި ކަމަށާއި، އަދި ގިނަ މެމްބަރުން ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓަށް ތާއީދު ކުރަން ހިޔާލު ފާޅުކުރި ކަމަށާއި އެހެން ނަމަވެސް، ކޯލިޝަން ހެދުމާ މެދު އެންމެ ފަހުގެ ނިންމުން ނިންމާނީ ޕާޓީގެ އެގްޒެކިއުޓިވް ކޮމިޓީން ކަމަށް ވެސް ބުނެފައިވެ އެވެ.

މިމަހުގެ ނުވަ ވަނަ ދުވަހު ބޭއްވުނު ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެމްއެންޕީގެ ރިޔާސީ ކެނޑިޑޭޓް، ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމަށް ލިބިވަޑައިގަތީ 1907 ވޯޓެވެ. އެއީ ވޯޓްލީ މީހުންގެ ޖުމްލަ 0.86 އިންސައްތައެވެ.

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް