ads
ފުވައްމުލަކު އެކްސިޑެންޓުގައި އަނިޔާވެގެން މާލެ ގެނައި ޒުވާނާ ވަނީ ނިޔާވެފައި - ފޮޓޯ:އޭޑީކޭ
ފުވައްމުލަކު އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ މަރު ވެއްޖެ
މިދިޔަ ހޮނިހިރު ދުވަހު ފުވައްމުލަކު ސިޓީގައި ހިނގި އެކްސިޑެންޓުގައި އަނިޔާވެގެން މާލެ ގެނެސް ފަރުވަދެމުން ދިޔަ ޒުވާނާ މަރު ވެއްޖެ އެވެ.
Advertisement

ފުލުހުންގެ ފަރާތުން ބުނެފައިވަނީ ފުވައްމުލައް ސިޓީގެ ނައިބުތުއްތު މަގުން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ބަމްޕަރަކަށް އަރައި ވެއްޓު ހާދިސާއެއް ހިނގާފައިވާ ކަމުގެ ރިޕޯޓް އެ ފަރާތަަށް ލިބިފައިވަނީ ހޮނިހިރު ދުވަހުގެ ރޭ 10:55 ހާއިރު ކަމަށެވެ.

އެ ހާދިސާގައި ސައިކަލު ދުއްވި މީހާއަށް އަނިޔާވެގެން އެ ސިޓީގެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު، އިތުރު ފަރުވާއަށް ދިނުމަށް މާލޭ ގެނެސްފައިވަނީ އާދިއްތަ ދުވަހު އެވެ. އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މިއަދު އޭނާ މަރުވެފައިވާ ކަަމަށް އެ ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެ އެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި މި ހާދިސާ އާ ގުޅިގެން ބަލަން ޖެހޭ ކަންކަން އަންނަނީ ބަލަމުން ކަމުގައެވެ.

ފުވައްމުލައް ސިޓީގައި ހިނގި ހާދިސާގައި މަރުވެފައި ވަނީ 30 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާއަކީ ސައިކަލު ދުއްވުމުގެ ލައިސަންސް އޮންނަ މީހެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް