ads
ޕީޕީއެމާއި އެމްއެންޕީން ކޯލިޝަން އެއްބަސްވުމުގައި މިއަދު ސޮއިކުރުން
ރިޔާސީ އިންތިހާބު 23: ޕީޕީއެމުން އެމްއެންޕީއާ ކޯލިޝަން ހަދަން އެއްބަސްވުމުގައި ސޮއިކޮށްފި
މި މަހުގެ 30 ގައި ބާއްވާ ރިޔާސީ އިންތިހާބަށް ޕީޕީއެމާއި އެމްއެންޕީން ކޯލިޝަން އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

ޕީޕީއެމް/ޕީއެންސީ އާއެކީ މަޝްވަރާ ކުރިއަށް ގެންދިއުމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ގައުމީ ހިންގާ ކައުންސިލްގެ މެޖޯރިޓީން ނިންމާފައި ވަނީ ރޭގެ ވަގުތެއްގައެވެ.  

ޕީޕީއެމްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޕީޕީއެމް/ޕީއެންސީ ކޯލިޝަން ހިންގުމާ ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ އެވެ. އެމްއެންޕީން ސޮއިކުރެއްވީ އެ ޕާޓީގެ ރައީސް މުހައްމަދު ނާޒިމެވެ.

ނާޒިމާއި އަބްދުއްރަހީމް ވެސް ވިދާޅުވީ، އެއްބަސްވުމުގައި މައިގަނޑު ގޮތެއްގައި އޮންނާނީ އެކުގައި މަސައްކަތް ކުރުމުގެ މާހައުލެއް ގާއިމްކުރުން ކަމަށެވެ. ނަމަވެސް އެއްބަސްވުމުގައި އޮތް އެއްޗެއް ހާމަކުރަން ދެ ޕާޓީންވެސް ވަނީ ދެކޮޅު ހައްދަވާފައި އެވެ.

މިދިޔަ ހޮނިހިރު ދުވަހު އޮތް ރިޔާސީ އިންތިހާބުގައި އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި ވާދަކުރެއްވީ އެ ޕާޓީގެ ރައީސް މުހައްމަދު ނާޒިމު އެވެ. އިންތިހާބުގައި އޭނާއަށް ލިބިވަޑައިގަތީ 1،907 ވޯޓެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ލިބިވަޑައިގެންނެވި ބޮޑު ކާމިޔާބާ އެކު މުއިއްޒު ވަނީ އިންތިހާބުގައި ވާދަކުރެއްވި ކެންޑިޑޭޓުންނާއި ވާދަވެރި ޕާޓީތަކުން އޭނާގެ ކެމްޕޭނާ ގުޅުމަށް ރޭ ދައުވަތު ދެއްވާފަ އެވެ. މުއިއްޒުގެ ދައުވަތަށް އެމްއެންޕީ ފިޔަވާ އަދި އެއްވެސް ޕާޓީއަކުން ގޮތެއް ނުނިންމަ އެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ ވޯޓުލީ މީހުންގެ ތެރެއިން 84،805 ވޯޓެވެ. އެއީ 39.04 ޕަސަންޓެވެ. ވާދަވެރި ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ލިބިވަޑައިގަތީ 100,342 ވޯޓެވެ. އެއީ 46.19 ޕަސަންޓެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލުން އޮންނާނީ މިމަހުގެ 30 ވަނަ ދުވަހު އެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް