ads
ފައްޔާޒް އިސްމާއީލް މިރޭ ޖަލްސާގައި ވާހަކަ ދައްކަވަނީ، ފޮޓޯ: އެމްޑީޕީ
ބަލިވުމުގެ ޒިންމާ ނަގަން، މާފަށް އެދެން: ފައްޔާޒް
އިންތިހާބުން ފުރަތަމަ ބުރުގައި ބަލިވެފައި ވަނީ އެމަނިކުފާނުގެ ސަބަބުން ކަމަށާއި، ބަލިވުމުގެ ފުރިހަމަ ޒިންމާ ނަންގަވާ ކަމަށް އިކޮނޮމިކުް މިނިސްޓަރު ފައްޔާޒް އިސްމާއީލް މިރޭ ވިދާޅުވެއްޖެ އެވެ.
Advertisement

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އިދިކޮޅު ޕީޕީއެމް / ޕީއެމްސީ ކޯލިޝަނުގެ ކެންޑިޑޭޓް ބޮޑު ތަފާތަކުން ކާމިޔާބު ކުރައްވާފަ އެވެ. 

ފައްޔާޒް މިރޭ ވިދާޅުވީ އެމްނިކުފާނަށް ދެންނެވުނީ 56 ޕަސެންޓުން އެމްޑީޕީ މޮޅުވެއްޖެ ކަމަށެވެ. އަދި ވިދާޅުވީ އެހެން ދެންނެވުމުން ގިނަ ފަރާތްތަކުން މޮޅުވި ކަމަށް ބަލައި ވޯޓުލާން ވަޑައިނުގެންނެވީ ކަމަށެވެ. 

"އަޅުގަނޑު އެންމެންގެ އަރިހުންވެސް ވަރަށް ބޮޑަށް މާފަށް އެދެން. އަޅުގަނދަށް ދެންނެވުނީ އެއްބުރުން 56 ޕަސެނޓާއެކު މޮޅުވެއްޖެޔޭ. އެހެން ދެންނެވުނީމާ ގިނަ ބަޔަކު މޮޅުވީކަމަށް ހިތައި ވޯޓުލާންވެސް ނުގޮސް ތިބީ. އެހެންވީމާ ވަރަށް މާފަށް އެދެން، ދެން މި ނުކުތީ ގަދަ ކުރަން." ފައްޔާޒް ވިދާޅުވި އެވެ.

ފައްޔާޒް ވިދާޅުވީ ސަރުކާރުން ވައުދުވީ އަދުލުވެރި ވެރިކަމެއް ކުރުން ކަމަށާއި، ނަތީޖާއަކީ މިގައުމުގެ އެންމެންވެސް އުޅެމުންދަނީ އަބުރުވެރި އަމާން ދިރިއުޅުމެއް ކަމަށެވެ. 

ފައްޔާޒް ވިދާޅުވީ އެމްޑީޕީ ނޫން ބަޔަކު މި ރާއްޖޭގެ ވެރިކަމަށް އަތުވެއްޖެނަމަ ރަގަޅު ހަބަރު ފަތުރާ ވަސީލަތްތަކެއްވެސް ނޯންނާނެ ކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ ކުރާނެ ކަމަކީ ނޫސްވެރިންގެ އަނގަ ބަންދުކުރުން ކަމަށެވެ. ފައްޔާޒް ވިދާޅުވީ މި ސަރުކާރުން ވަނީ ނޫސްވެރިންނަށް އިންތިހާ އަށް ފުރުސަތު ހުޅުވާލާފައި ކަމަށެވެ. 

"އެމީހުންނަށް ވެރިކަން ލިބުނިއްޔާ ނޫސްވެރިންނަށް އަނގަ ނުހުޅުވޭނެ. ބައްލަވާ ދިޔަރެސް ނޫހުން އެ ހައްދަވަނީ ކޮންމެ މިނެޓަކުން ބޮޑު ދޮގެއް. އަޅިގަނޑުމެން މިވެރިކަމުގަ މިއޮތީ ބޭނުންހާ އެއްޗެއް ބުނަން ނޫސްވެރިންނަށް އަނގަ ތަންމިނަށް ހުޅުވާލަން ދީފަ. އެހެނެއް ނުވާނެ ވެރިކަން ބަދަލުވިއްޔާ." ފައްޔާޒް ވިދާޅުވި އެވެ.

ފައްޔާޒް ވިދާޅުވީ މި ގައުމުގައި އޮތީ ދެ ފިކުރު ކަމަށާއި، އެއީ އިސްލާހާއި، އަނިޔާވެރި ކަމުގެ ފިކުރު ކަމަށެވެ. 

32%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
47%
ސަތޭކައަކުން ސުމެއް
21%
ވަރަށް ސަލާމް
ކޮމެންޓްސް