ads
ނާދިރާ. އެމްއާރުއެމްގެ ނާއިބު ރައީސާގެ އިތުރުން ފާރިޝް މައުމޫންގެ ސްޕޯކްސް ޕާސަން
ފާރިޝް މައުމޫންގެ ޓީމުން ޕީއެންސީ އާއި ބައްދަލުކުރަމުން ދަނީ
ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އަމިއްލަ ގޮތުން ވާދަކުރެއްވި ފާރިޝް މައުމޫންގެ ކެމްޕެއިން ޓީމުން ޕީއެންސީ އާއި ބައްދަލުކުރައްވަމުން އެބަގެންދެއެވެ.

ސީއެންއެމް އާއި ވާހަކަ ދައްކަވަމުން ފާރިޝް މައުމޫންގެ ސްޕޯކްސް ޕާސަން ނާދިރާ ވިދާޅުވީ، އެ ޓީމުން މިވަގުތު ޕީއެންސީގެ ޓީމާއި ބައްދަލުކުރައްވަމުން ގެންދަވާ ކަމަށެވެ. މިއީ ޕީއެންސީގެ ދައުވަތަކަށް ބާއްވާ ބައްދަލުވުމެއްކަން ފާހަގަ ކުރައްވައި ނާދިރާ ވިދާޅުވީ މި ބައްދަލުވުން ނިމުނުހާ އަވަހަކަށް، މީޑިއާ އަށް މައުލޫމާތު ހާމަކުރައްވާނެ ކަމަށްވެސް ނާދިރާ ވިދާޅުވިއެވެ.

ސެޕްޓެމްބަރު 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓަށް ފަހު، ފުރަތަމަ ބުރުގައި ލިބުނު ކާމިޔާބީ ފާހަގަ ކުރުމަށް ޕީއެންސީގެ ފަރާތުން އާޓިފިޝަލް ބީޗްގައި ބޭއްވި ބައްދަލުވުމުގައި، ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް އަދި މާލެ ސިޓީގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަކުރެއްވި އެހެން ހުރިހާ ޕާޓީ ތަކާއި ވެސް މަޝްވަރާ ކުރައްވަން ޕީއެންސީ އިން ތައްޔާރަށް އޮތް ކަމަށެވެ.

ސެޕްޓެމްބަރު މަހުގެ 12 ވަނަދުވަހު ޕީއެންސީ އިން ވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ގުޅިގެން މަސައްކަތް ކުރުމަށް، މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އާއި އެކު އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ. އަދި ރޭގެ ވަގުތެއްގައި 4 ގަޑިއިރުގެ މަޝްވަރާތަކެއް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއެކު ކުރައްވާފަ ވާކަންވެސް ފާހަގަ ކުރެވެއެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަކުރެއްވި އެހެން ކެނޑިޑޭޓުންނަށް ބަލާއިރު، 4 ވަނައަށް ދިޔަ ކެނޑިޑޭޓް އަދި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވަނީ ދެވަނަ ބުރުގައި އެއްވެސް ކެނޑިޑޭޓެއްގެ ފަހަތަށް އަރައި ވަޑައި ނުގަންނަވާނެ ކަމުގެ އިޝާރަތެއް ދެއްވާފައެވެ. މިގޮތުން، އެކްސް ގައި އާއްމު ފަރާތަކުން، އުމަރު އެހެން ކެނޑިޑޭޓެއްގެ ފަހަތަށް އަރާ ވަޑައި ނުގަންނަވާނެ ކަމަށް ބުނެ ކޮށްފައިވާ ޕޯސްޓެއް ރީ ޕޯސްޓް ކުރައްވާފައި ވެއެވެ.

އަމިއްލަ ގޮތުން ވާދަ ކުރެއްވި ކެނޑިޑޭޓް އަދި އަލްއުސްތާޒް ހަސަން ޒަމީލް ވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެހެން ކެނޑިޑޭޓެއްގެ ފަހަތަށް އަރައިވަޑައި ނުގަންނަވާނެކަން ސީއެންއެމް އަށް ކަށަވަރު ކޮށްދެއްވާފައެވެ.

ތިންވަނައަށް ދިޔަ ދަ ޑިމޮކްރެޓްސް އިން ވަނީ ދެ ކެނޑިޑޭޓުންނާއި މަޝްވަރާކުރުމަށް 8 މެމްބަރުންގެ މައްޗަށް ހިމެނޭ ކޮމިޓީއެއް އެކުލަވާލާފައެވެ. ރަސްމީކޮށް އެއްވެސް ކެނޑިޑޭޓަކާއި ވާހަކަ ނުދައްކާ ކަމަށް ޑިމޮކްރެޓްސް އިން ބުނަމުން އައި ނަމަވެސް، އިދިކޮޅު ކެނޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ވަނީ މަޝްވަރާތައް ކުރެވުނުކަމަށް ބުނެފައެވެ. އެަދި ގޮތެއް ނިންމުން އޮތީ އެބޭފުޅުންގެ އަތްމަތީގައި ކަމަށްވެސް ޑރ.މުއިއްޒު ވިދާޅުފައިވެއެވެ.

ފާރިޝް މައުމޫން ވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަ ކުރައްވާ ދެ ކެނޑިޑޭޓުންނާއި ވެސް މަޝްވަރާ ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފައެވެ. ފާރިޝް މައުމޫނަށް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ލިބިވަޑައިގެންނެވީ 2979 ވޯޓެވެ. އެއީ ވޯޓް ލީ މީހުންގެ 1.35 އިންސައްތައެވެ.

17%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް