ގާނޫނުއަސާސީގެ 71 ވަނަ މާއްދާއަށް އިލްޔާސް ހުށަހެޅުއްވި އިސްލާހުގައި ވަނީ މަޖިލިސް އެކުލެވިގެންވާނީ 76 މެންބަރުންގެ މައްޗަށް ކަމަށެވެ.
އެ އިސްލާހުގެ ދަށުން މަޖިލިސް އެކުލަވާލެވިގެންވާނީ:
މި ބިލާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އިލްޔާސް ވިދާޅުވެފަައިވަނީ ބިލު ހުށަހެޅުއްވި މައިގަނޑު ސަބަބަކީ މެންބަރުންގެ އަދަދު އިތުރުވާ ގޮތަށް އޮތުމުން ބަޖެޓުން މަޖިލީހަށް ކުރަން ޖެހޭ ހަރަދުތައް އިތުރުވަމުން ދިއުން ހުއްޓުވުން ކަމަށެވެ.
އިލްޔާސް ހުށަހެޅުއްވި މި ބިލުގެ ދަށުން އަންނަ އަހަރުގެ މަޖިލިސް އިންތިހާބު ބާއްވަން ޖެހޭނީ ގާނޫނުއަސާސީއަށް ގެނެވޭ މި އިސްލާހާ އެއްގޮތަށެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއުލާނުކޮށްފައިވަނީ އާބާދީ އިތުރުވި ނިސްބަތަށް ބަލައި، 20 ވަނަ މަޖިލީހަށް 93 މެންބަރުން އިންތިހާބު ކުރަން ޖެހޭ ކަމަށެވެ.