ads
ޖަރުމަނާއި ފްރާންސް ބައްދަލުކުރި މެޗުގެ ތެރެއިން
ކޯޗު ކުރުމަށްފަހު ކުޅުނު ފުރަތަމަ މެޗުން ޖަރުމަނަށް މޮޅެއް
ޖަރުމަނުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން ހަންސީ ފްލިކް ވަކި ކުރުމަށްފަހު އެޓީމު ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފިއެވެ.

ފްލިކް މަގާމުން ވަކިކުރީ އޭނާ ޓީމާއި ހަވާލުވި ފަހުން ނެރެމުން އައި ދަށް ނަތީޖާތަކުގެ ސަބަބުންނެވެ. އޭނާއަކީ ޖަރުމަނުން ފުރަތަމަ ފަހަރަށް ކޯޗަކު މަގާމުން ވަކިކުރި މީހާއެވެ. 

ފްލިކް ވަކިކުރުމަށްފަހު، ކުރީގެ ޖަރުމަނު ސްޓްރައިކަރު ރުޑި ވޮލާގެ އިރުޝާދުގެ ދަށުން ޖަރުމަނު އެންމެ ފުރަތަމަ ބައްދަލުކުރީ ފްރާންސާއެވެ. ރަހުމަތްތެރިކަމުގެ މި މެޗު ޖަރުމަނުން ކާމިޔާބުކުރީ 2-1 އިންނެވެ. 

ފުރަތަމަ ހާފުގެ ހަތަރު ވަނަ މިނެޓުގައި ޖަރުމަނަށް ލީޑު ނަގައިދިނީ ތޯމަސް މުލާއެވެ. އޭގެ ފަހުން ދެވަނަ ހާފުގައި ލެރޮއި ސާނޭ ވަނީ ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފައެވެ. ފްރާންސްގެ ހަމައެކަނި ލަނޑު އެޓީމުން ކާމިޔާބުކުރީ މެޗުގެ ފަހު ވަގުތުގައި ލިބުނު ޕެނަލްޓީއަކުންނެވެ. ފްރާންސަށް ފަރަގު ކުޑަ ކޮށްދިނީ އެންޓޮއިން ގްރީޒްމަންއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް