ads
ޒަރީރު އަދި ގައްބަރޭ
ޒަރީރު މަރާލަން އުޅުނު ގައްބަރޭ ދޫކޮށްލަން ޒަރީރު ގޮވާލައިފި
މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު އަވަހާރަކޮށްލަން ހަމަލާ ދިން ކަމަށް ފުލުހުން ތުހުމަތު ކުރާ އިބްރާހިމް އަބްދުﷲ (ގައްބަރޭ) ދޫކޮށްލަން އެންމެ ފަހުން ހަސަން ޒަރީރު އަމިއްލައަށް ގޮވާލައައްވައިފިއެވެ.

ނުރައްކާތެރި ހަތިޔާރަކުން މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު އަވަހާރަކޮށްލަން އުޅުނުކަމަށް ތުހުމަތުކުރެވޭ އިބްރާހިމް އަބްދުﷲ (ގައްބަރޭ) ބަންދުން ދޫކޮށްލީ ގާނޫނާ ހިލާފަށް ކަމަށް ހައިކޯޓުން ކަނޑައަޅުމުން ކްރިމިނަލް ކޯޓުން އަލުންވަނީ ގައްބަރޭ ހައްޔަރުކޮށްފައެވެ. މި މައްސަލަ ގައްބަރޭ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން، އެ މައްސަލަ ބަލައި ނުގަނެ ސުޕްރީމް ކޯޓުން ބޭރުކޮށްލާފައިވަނިކޮށް، ރޭ ދަންވަރު ކުރެއްވި ޓްވީޓެއްގައި ޒަރީރޔުވަނީ ގައްބަރޭ ދޫކޮށްލަން ގޮވާލައްވާފައެވެ. 

މެންބަރު ޒަރީރު މިދިޔަ އޭޕްރީލް މަހުގެ 30 ވަނަ ދުވަހުގެ ފަތިހު ކެފޭއެއްގެ ތެރެއިން މަޖިލީސް މެންބަރު ޒަރީރަށް ހަމަލާދިފައިވަނިކޮށް އޭނާ ހައްޔަރު ކުރީ އޭނާ ހޯދަމުން އަންނަތާ ނުވަ ދުވަސް ފަހުންނެވެ. އޭނާ ހައްޔަރުކުރީ އަމިއްލައަށް ފުލުސް އޮފީހަށް ހާޒިރުވުމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ހަތިޔާރަކުން ހަމަލާދިންކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ހައްޔަރު ކުރި ގައްބަރޭ ކްރިމިނަލް ކޯޓުން ދޫކޮށްލީ ޖުލައި ހަ ވަނަ ދުވަހުއެވެ. މި މައްސަލައިގައި ގައްބަރޭ ފުރަތަމަ ހައްޔަރު ކުރީ ފިލައިގެން އުޅުމަށް ފަހު އަމިއްލައަށް ފުލުސް އޮފީހަށް ދިޔުމުންނެވެ. އެ މައްސަލައިގައި ގައްބަރޭ ހޯދަން އިއުލާނު ކޮށްފައި ވަނީ މެއި މަހުގެ 15 ވަނަ ދުވަހުއެވެ.

މި މައްސަލަ ދައުލަތުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުގައި އެ މައްސަލަ ބެލި ފަނޑީޔާރުންގެ ބެންޗުގެ އިއްތިފާގުން ނިންމީ ގައްބަރޭ ދޫކޮށްލީ ގާނޫނާ ހިލާފަށް ކަމަށެވެ. އަދި އެ މައްސަލަ އަލުން ހުށަހަޅައިފިނަމަ ގައްބަރޭގެ ބަންދާމެދު ގޮތެއް ނިންމުމަށް ހައިކޯޓުންވަނީ އަމުރުކޮށްފައެވެ. އަދި ހައިކޯޓުގެ އަމުރާ އެއްގޮތަށް ގައްބަރޭ އަލުންވަނީ ހައްޔަރުކޮށްފައެވެ. ގައްބަރޭގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ ހައިކޯޓުގެ އެ ނިންމުމެވެ.

ގައްބަރޭ ހައްޔަރު ކޮށްފައި ވަނީ ގްރޫޕް ހަދައިގެން ތޫނު ހަތިޔާރާއި ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގައި، މީހަކު މަރާލަން އުޅުނުކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ހައްޔަރުކުރުމަށްޓަކައި ކަމަށް ފުލުހުން ބުނި ނަމަވެސް ކުރެވޭ ތުހުމަތުގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ. ނަމަވެސް ގައްބަރޭ ހައްޔަރު ކުރީ ޒަރީރަށް ހަމަލާދޭން އުޅުނު ކަމުގެ ތުހުމަތުގައެވެ. ހައިކޯޓުގެ ޝަރީއަތުގައި ފަހުން އެ ހާދިސާގެ މައުލޫމާތު ކޮންމެވެސް ވަރަކަށް އާއްމުވިއެވެ.

ފުލުހުންގެ ތަހުގީގަށް ޒަރީރު ދެއްވި ބަޔާން ބަދަލުކުރެއްވިކަން ވެސް ފަހުން ހާމަވިއެވެ. އެކަން ހާމަވީ، ގައްބަރޭ ދޫކޮށްލަން ކްރިމިނަލް ކޯޓުން ނިންމި ނިންމުން، ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، ހައިކޯޓުގެ ޝަރީއަތުގައި ދެކެވުނު ވާހަކަތަކުގެ ތެރެއިންނެވެ. 

ހައިކޯޓުގެ ޝަރީއަތުގައި، ގައްބަރޭގެ ދިފާއީ ވަކީލު ވަނީ ޒަރީރުގެ ބަޔާން ބަދަލުވެފައިވާ ކަން ފާހަގަ ކުރައްވައި އެކަން ފަނޑިޔާރުންގެ ސަމާލު ކަމަށް ގެންނަވާފައެވެ. އެކަމާ ގުޅޭ ގޮތުން ފަނޑިޔާރުން ސުވާލުކުރެއްވުމުން، ފުލުހުންގެ ފަރާތުން ޝަރީއަތަށް ހާޒިރުވެ އިންނެވި ޕޮލިސް އޮފިސަރު ވިދާޅުވީ ޒަރީރު ދެ ފަހަރު ފުލުހަށް ބަޔާން ދިން ކަމަށެވެ. 

ފުރަތަމަ ބަޔާނުގައި ހަމަލާ ދިނީ ގައްބަރޭ ކަން ޔަގީންކޮށްދިން ކަމަށާއި، ނަމަވެސް ދެ ވަނަ ބަޔާނުގައި ގައްބަރޭކަން ޔަގީންނުވާ ކަމަށް ވިދާޅުވެ ބަޔާން ދެއްވި ކަމަށް އެ އޮފިސަރު ވިދާޅުވި އެވެ. ޒަރީރާ ހަވާލާދެއްވައި، ޕޮލިސް އޮފިސަރު ވިދާޅުވީ ބިރުވެރިކަމެއްގެ ތެރެއަށް ވަންނަން ބޭނުން ނުވާތީ ކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް