ads
އެމްއާރްއެމްއާ އެކު އެމްޑީޕީން ބޭއްވި ބައްދަލުވުމަށްފަހު އިސް ބޭފުޅުން ފޮޓޯއަކަށް ހުއްޓި --
ކޯލިޝަން ހެދުމަށް އެމްޑީޕީން ވެސް އެމްއާރްއެމްއާ މަޝްވަރާކޮށްފި
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ގުޅިގެން މަސައްކަތްކުރުމަށް އެމްޑީޕީ އާއި މޯލްޑިވްސް ރިފޯމް މޫވްމަންޓް -- އެމްއާރްއެމް އިން ރޭ މަޝްވަރާ ކޮށްފި އެވެ.
Advertisement

މި ބައްދަލުކުރެއްވުމުގައި އެމްޑީޕީގެ ފަރާތުން އިސްވެ ބައިވެރިވެވަޑައިގަތީ އަލިފުށި ދާއިރާގެ މެމްބަރު މުހައްމަރު ރަޝީދު ހުސައިން (ބިގޭ) އެވެ. އެމްއާރުއެމުންގެ ފަރާތުން އިސްވެ ހުންނެވީ އެ ޕާޓީގެ ނައިބު ރައީސް އާމިނަތު ނާދިރާ އެވެ.

ރޭ ކުރިއަށް ގެންދިޔަ އެ މަޝްވަރާތަކަށް ފަހު ފާރިސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އާމިނަތު ނާދިރާ އިސްވެ ހުންނަވާ އޭނާގެ ޓީމުން ރޭ އެމްޑީޕީގެ ލީޑަޝިޕާ ބައްދަލުކޮށް ގައުމީ ސަލާމަތާއި އިގްތިސާދީ، އިޖުތިމާއީ އަދި ސިޔާސީ އިސްލާހުތަކާއި ގުޅުން ހުރި ސިޔާސަތުތައް ހިއްސާކުރެއްވި ކަމަށެވެ. 

ކޯލިޝަން ހެދުމާ ގުޅޭ ގޮތުން ރޭގެ ބައްދަލުވުމުގައި ވަކި ގޮތެއް ނިންމާފައެއް ނުވެ އެވެ. މި މަޝްވަރާތައް ބާއްވާފައިވާއިރު ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކޯލިޝަން ހެދުމަށް ޕީޕީއެމް-ޕީއެންސީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުންވެސް ވަނީ އެމްއާރްއެމްއާއެކު މަޝްވަރާކޮށްފަ އެވެ. 

ރިޔާސީ އިންތިހާބުގައި ފާރިސް އަށް ލިބިވަޑައިގަތީ 2،979 ވޯޓު -- 1.35 ޕަސަންޓެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ހޯއްދެވީ އިދިކޮޅު ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒެވެ. ވަގުތީ ނަތީޖާ ދައްކާ ގޮތުން 100،581 ވޯޓު އޭނާ ހޯއްދެވިއިރު އެއީ ވޯޓުލީ މީހުންގެ 45.1 ޕަސެންޓެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 86،164 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ 38.2 ޕަސެންޓެވެ.

އެހެންކަމުން ދެ ވަނަ ބުރުގައި ވާދަކުރައްވަނީ މާލޭގެ މޭޔަރަކަށް މިހާރު ހުންނެވި މުއިއްޒާއި ރައީސް ސޯލިހެވެ. މި އަހަރުގެ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު އޮންނާނީ ސެޕްޓެމްބަރު 30 ގަ އެވެ.

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް