ads
އދ. ކުރީގެ ސްޕެޝިއަލް ރެޕަޓުއާ އަދި ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު
ވޯޓްލާގޮތަކުން އިންޑިއާ/ޗައިނާ އިން ރާއްޖެ ނުހިފާނެ: ޑރ. ޝަހީދު
ރައްޔިތުން ވޯޓް ލާ ގޮތަކުން އިންޑިއާ ނުވަތަ ޗައިނާ އަކުން ރާއްޖެ ނުހިފާނެކަމަށް، އދ. ކުރީގެ ސްޕެޝިއަލް ރެޕަޓުއާ އަދި ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު ވިދާޅުވެއްޖެއެވެ.
Advertisement

އެކްސް ގައި އާއްމު ފަރާތަކުން ކޮށްފައިވާ ޕޯސްޓަކަށް ޖަވާބުދެއްވައި ޑރ، ޝަހީދު ވިދާޅުވީ، އދ ގެ ޗާޓަރުގައި ހިމެނޭ މިނިވަން ގައުމެއް ކަމަށާއި، އެހެން ގައުމެއްގެ ބަޔަކު ރާއްޖެ ހިފުމަށް މަސައްކަތް ކުރުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކުން މަނާކޮށްފައި އޮތް ކަމެއް ކަމަށެވެ.

އެހެން ކަމުން، ދިވެހި ރައްޔިތުން ވޯޓު ލާގޮތަކުން، އިންޑިއާ އަކުންވެސް ނުވަތަ ޗައިނާ އަކުންވެސް ރާއްޖެ ހިފުމަށް އަތުވެދާނެކަމަށް ނުބެލެވޭނެ ކަމަށެވެ. މީގެ އިތުރުން މިގޮތަށް މާނަ ކުރެވޭގޮތަށް ދެކެވޭ ނުވަތަ ދައްކަމުންދާ ވާހަކަތަކަށް ރައްޔިތުން ސަމާލުވުމަށްވެސް ޕްރޮފެސަރު ޝަހީދު ވިދާޅުވެފައިވެއެވެ.

އަދި ރައްޔިތުންނަށް އަމާންކަމާއި އޮމާންކަމާއި އެކު ވޯޓް ލުމުގެ ފުރުސަތު ދެއްވުމަށް އިލްތިމާސް ކުރާކަމަށް ވެސް ޑރ. ޝަހީދު ވިދާޅުވިއެވެ.

އިތުރަށް އެކްސްގައި ވާހަކަ ދައްކަވަމުން ޑރ. ޝަހީދު ވިދާޅުވީ ދިވެހި ރައްޔިތުން ބޭނުންވާ ގޮތެއް އިހްތިޔާރުކުރުމަށް އިންޑިއާއަކުން ވެސް އަދި ޗައިނާ އަކުންވެސް އެއްވެސް މަޖުބޫރުކަމެއް ނުދެއްކޭނެ ކަމަށާއި، ރައްޔިތުން ބޭނުންވާ ގޮތެއް އިހްތިޔާރުކުރުމުގެ ފުރުސަތު ނަގާލާނަމަ، އެކަންވެސް ކުރާނީ ހަމަ ދިވެހި ރައްޔިތުން ކަމަށެވެ.

އެއީ ބައިނަލްއަގްވާމީ ގާނޫނުތަކުން ދިވެހި ރައްޔިތުންނަށް އެ ރައްޔިތުން ބޭނުންވާ ގޮތެއް އިހްތިޔާރުކުރުމަށް ދީފައިވާ އިހްތިޔާރާއި ބާރު އަމިއްލައަށް ދޫކޮށްލާނަމަ ކަމަށްވެސް ޕްރޮފެސަރު ޝަހީދު ވިދާޅުވެފައިވެއެވެ.

ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު ބޭއްވޭ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕޭން ހަރަކާތްތައް ފޯރިއާއެކު ފެށިގެން ކުރިއަށްދާއިރު، ދެ ޕާޓީގެ ސަޕޯޓަރުންވެސް ދަނީ އެއްބަޔަކު އަނެއްބަޔަކަށް އެކި ތުހުމަތުތައް ކުރަމުންނެވެ. ރައީސް ޔާމީނުގެ ސަރުކާރުން ޗައިނާ އާއި ވަރަށް ގާތް ގުޅުންތަކެއް ބޭއްވިއިރު، ރައީސް ސޯލިހު ގެންދަވަނީ އިންޑިއާ އާއެކު ވަރަށް ގާތްގުޅުންތަކެއް ބާއްވަމުންނެވެ. އަދި އިންޑިއާއެކު އޮތް ގުޅުމުގެ މައްޗަށް، އިދިކޮޅު ފަރާތްތަކުން ދަނީ ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.

އެގޮތުން ރާއްޖޭގައި އިންޑިއާގެ ސިފައިން ގާއިމްވެގެން އެބަތިނިކަމަށާއި، އެއީ ގައުމުގެ މިނިވަންކަމަށް ބުރޫ އަރާކަމެއް ކަމަށް ބުނެ، އިދިކޮޅު ފަރާތްތަކުގެ ފާޑުކިއުން ސަރުކާރަށާއި، ރައީސް ސޯލިހަށް ވަރަށް ބޮޑަށް ފާޑުކިޔަމުންދާކަން ފާހަގަ ކުރެވެއެވެ.

58%
ކަމުގޮސްފި
8%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް