ads
ކުރީގެ ޕީޖީ މުހުތާޒު ޑރ. މުއިއްޒާ އެކު: މުއިއްޒަށް ތާއީދުކުރެއްވުމަށް ވަނީ ނިންމަވާފައި - ފޮޓޯ:މުހުތާޒު
ކުރީގެ ޕީޖީ މުހުތާޒުގެ ތާއީދު ޑރ. މުއިއްޒަށް
ރިޔާސީ އިންތިހާބުގައި އޭނާ ތާއީދުކުރައްވާ ކެންޑިޑޭޓާއި ރަނިންމޭޓަކީ ޕީޕީއެމް/ޕީއެންސީގެ ފަރާތުން ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި ވާދަކުރައްވަމުން ގެންދަވާ ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ ރަނިންމޭޓް ހުސައިން މުހައްމަދު ލަތީފް ކަމަށް ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން ވިދާޅުވެއްޖެއެވެ.
Advertisement

މިއަދު އެކްސްގައި މުހުތާޒު ވިދާޅުވީ ގާނޫނީ ވެރިކަން ނަގަހައްޓައި ޒުވާނުންނަށާއި ދިވެހި ރައްޔިތުންނަށް ފަހި ހަރުދަނާ ހާރިޖީ، އިގުތިސޯދީ އަދި އިޖުތިމާއީ ސިޔާސަތެއް ގެންގުޅުއްވާނެ ކަމުގެ ޔަގީންކަން ޑރ. މުއިއްޒު ދެއްވި ކަމަށެވެ.

ސިޔާސަތުތައް ތަންފީޒު ކުރުމުގައި މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރި އުސޫލުތަކަށް ރިއާޔަތްކުރައްވާނެ ކަމުގެ ޔަގީންކަން ޑރ. މުއިއްޒު ދެއްވި ކަމަށް ވެސް މުހުތާޒު ވިދާޅުވިއެވެ.

މީގެކުރިން މުހުތާޒު ވިދާޅުވެފައިވަނީ ސިޔާސީ މަސައްކަތަށް ނިކުންނެވުމަަށް ގަސްތުކުރައްވާ ކަމަށެވެ. އެގޮތުން ވަރަށް އަވަހަށް ކޮންމެވެސް އެއް ރާއްޖެއެއްގެ ފަސްގަނޑަށް އެ މަނިކުފާނު އަރައިވަޑައިގަންނަވާނެ ކަމަށް މުހުތާޒު ވިދާޅުވެފައިވެއެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވެރިކަން ކުރަމުން އަންނަ އެމްޑީޕީ އާއި އަދާލަތު ޕާޓީ އަދި އެމްޑީއޭ ގުޅިގެން ކެމްޕެއިން ކުރަމުން އަންނަނީ "އުފާވެރި އަމާން ރާއްޖެ" ސްލޯގަންގެ ދަށުންނެވެ. އެ ސްލޯގަން އާއެކު އެމްޑީޕީ އާއި ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި އިންތިހާބުގައި ވާދަކުރައްވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ވާދަވެރި ޕީޕީއެމް/ޕީއެންސީގެ ފަރާތުން ފީއެންސީގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި ވާދަކުރައްވަމުން ގެންދަވާ ޑރ. މުއިއްޒު ކެމްޕެއިނުގައި ބޭނުން ކުރައްވާ ސްލޯގަންއަކީ "ދިވެހީންގެ ރާއްޖެ" އެވެ.

ފޯރިގަދަ ކެމްޕެއިނަކަށް ފަހު އިންތިހާބުގެ ވޯޓުލުން ހޮނިހިރު ދުވަހު ބާއްވައި ރަސްމީ ނަތީޖާ އިއުލާނުކޮށްފައިވާއިރު، ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުއިއްޒަށް ވަނީ 101،635 ވޯޓު ލިބިވަޑައިގެންފައެވެ. އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ސޯލިހަށް ލިބިވަޑައިގެންނެވީ 86،161 ވޯޓެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އޮންނާނީ މި މަހުގެ 30 ވަނަ ދުވަހުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
60%
ސަތޭކައަކުން ސުމެއް
40%
ވަރަށް ސަލާމް
ކޮމެންޓްސް