ads
ޑރ.މުއިއްޒު އދ.ދަނގެތީގެ ރައްޔިތުންނާއި މުހާތަބް ކުރައްވަނީ. ފޮޓޯ: ޕީޕީއެމް
ކުރިއަށް އޮތީ މުސްތަގްބަލް ކަނޑައަޅާ ބުރު: މުއިއްޒު
މިމަހުގެ 30 ވަނަދުވަހު ބޭއްވޭ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަކީ ދިވެހިންގެ މުސްތަގްބަލް ކަނޑައަޅާ ބުރުކަމަށް ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް އަދި މާލެ ސިޓީގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
Advertisement

ރިޔާސީ އިންތިހާބުގެ ދެވަނަބުރުގެ ކެމްޕޭނަށް އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅުގައި މިއަދު އދ. ދަނގެއްޗަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، ދެން އޮތީ މުސްތަގްބަލް ކަނޑައަޅާ ބުރުކަމަށެވެ.

މުއިއްޒު ވިދާޅުވީ ދެވަނަ ބުރަކީ ގައުމުގެ ހާލަތު ރަނގަޅު ކުރުމާ މެދުގައި ގޮތް ނިންމާ ބުރެއް ކަމަށާއި، އަދި ދިވެހިންގެ ރާއްޖެ އަށް ދިއުމުގެ އަޒުމް ކަނޑައަޅައިގެން ކޮންމެ މީހަކު އިތުރު އެއް ވޯޓު ހޯދައިގެން އިންތިހާބު ކާމިޔާބު ކުރަން ގަދަ އަޅައި މަސައްކަތް ކުރަން ޖެހޭ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

"ގައުމީ ވިސްނުމެއްގައި ގައުމު އިސްކޮށްގެން އަޅުގަނޑުމެން ދިވެއްސަކަށްވީތީ ކޮންމެ ބޭފުޅަކު ގައުމީ ވާޖިބެއްގައި ކުރިއަށް ދާންވީ،" މުއިއްޒު ވިދާޅުވިއެވެ.

އިތުރަށް ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވި ގޮތުގައި، މި ގައުމުގެ މިނިވަންކަން މިހާރު އޮތީ އެހެން ބައެއްގެ އަތްމައްޗަށް ގެއްލޭ ހިސާބުގަ ކަމަށާއި މި ގައުމުގެ މިނިވަންކަން ބީވެގެން ދާތަން ބަލަން މަޑުން ތިބެގެން ނުވާނެ ކަމަށެވެ.

މުއިއްޒު ވިދާޅުވީ މިއީ ގައުމީ ރޫހު އިސްކޮށް، މި ގައުމަށް އެންމެ ހެޔޮ ގޮތް ހޯދައިދިނުމަކީ ވާޖިބެއް ކަމަށް ދެކިގެން ދިވެހިން މަސައްކަތްކުރަންވީ ވަގުތު ކަމަށެވެ. 

"ތަރައްގީގެ ކަންކަން މިއޮތީ ސޮއްސާލައިގެން ގޮސްފައި. އިގްތިސާދު މިވަނީ އަނދަވަޅަކަށް ވެއްޓިފައި. އިޖުތިމާއީ ހާލަތު މިވަނީ ވަރަށް ބޮޑަށް ގޯސްވެފައި. އެހެންވީމަ މި ހުރިހާ ކަމެއް ރަނގަޅު ކުރުމުގެ ފުރުސަތު އަޅުގަނޑުމެން ކޮންމެ މީހެއްގެ މައްޗަށް މި ލިބެނީ،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވަނީ ގައުމާއި ރައްޔިތުންގެ ހައްގުގައި ކުރިއަށް ދިއުމުގައި ސާބިތުކަން މަތީގައި ހުންނަވާނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ. 

އިންތިހާބުވެ ވަޑައިގެންފިނަމަ ދަނގެއްޗަށް ކޮށްދެއްވާނެ ކަންތައްތަކުގެ ތެރޭގައި، ބަނދަރު ބޮޑު ކުރުމާއި ބިން ހިއްކުމާއި ގިރާ ސަރަހައްދު ހިމާޔަތް ކުރުން ފަދަ ހުރިހާ ކަމެއް ފުރިހަމަކޮށް ދެއްވާނެ ކަމަށް ބުނެ ދަނގެތީގެ ރައްޔިތުންނަށް މުއިއްޒު ވައުދުވެޑައިގެންނެވިއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް