ads
ބޫޓާނާއި ރާއްޖޭގެ ޓީމް - ފޮޓޯ: ފޭސްބުކް
ބޫޓާން ބަލިކޮށް، ކުޑަ ކާއްޓެއާ އެޑަމް ސެމީއަށް
މިހާރު ކުރިއަށްދާ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ބީޗް ވޮލީބޯޅަ ޓުއާގެ ސެމީ ފައިނަލަށް ރާއްޖޭގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި އާދަމް ނަސީމް (އެޑަމް) ގެ ޕެއާ ދަތުރުކޮށްފިއެވެ.

ރާއްޖޭގެ ޕެއާއިން ސެމީގެ ޖާގަ ކަށަވަރު ކުރީ ކުއާޓާ ފައިނަލުގައު ސީދާ ދެސެޓުން ބޫޓާން ބަލިކޮށްގެންނެވެ. މެޗުގެ ސެޓުތައް ކާމިޔާބުކުރީ 21-8 އަދި 21-7 ގެ ނަތީޖާއަކުންނެވެ. 

ރާއްޖެއިން ކުއާޓާ ފައިނަލަށް ދަތުރުކުރީ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ހުރިހާ މެޗެއްވެސް ކާމިޔާބު ކޮށްގެންނެވެ. ސެމީ ފައިނަލުގައި ރާއްޖެ ވާދަކުރަން ޖެހޭނީ ބަންގްލަދޭޝާއެވެ. މި މެޗު އޮންނާނީ ހުކުރު ދުވަހުގެ ހެނދުނުއެވެ. 

ކުޑަކާއްޓެ އާއި އެޑަމްގެ ޕެއާއިން ވަނީ މިދިޔަ އަހަރުގެ މުބާރާތުން ރަން މެޑަލް ހާސިލްކޮށްފައެވެ. މިދިޔަ ފަހަރުގެ މުބާރާތުގައި މި ޕެއާއިން ފަސް މެޗެއް ކުޅުނުއިރު، އެއްވެސް މެޗަކުން ބަލިވެފައެއް ނުވެއެވެ. 

މިފަހަރުގެ މުބާރާތަށް ޓީމު ބަންގްލަދޭޝްއަށް ފުރާފައިވާއިރު މި ޕެއާއަށް ކޯޗު ކޮށްދިނުމުގައި ހަރަކާތްތެރިވާނީ ޝިއުނާޒް އަބްދުލް ވާހިދު (މަންކޭ) އާއި މުހައްމަދު ރިޝްވާންއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް