ads
މާވަށު ސްކޫލުގެ ނުނިމިހުރި މަސައްކަތް ކުރުމަށް އިވޯސަން މޯލްޑިވްސް އާ ހަވާލުކުރުން - ފޮޓޯ:އެޑިޔުކޭޝަން މިނިސްޓްރީ
22 މިލިއަނަށް ވޭމަންޑޫ އާއި މާވަށު ސްކޫލުގެ މަސައްކަތް ހަވާލުކޮށްފި
ތ. ވޭމަންޑޫ އާއި ލ. މާވަށު ސްކޫލަށް އަލަށް އިތުރުކުރާ އިމާރާތުގެ ނުނިމިހުރި މަސައްކަތް ކުރުމަށް އެޑިޔުކޭޝަން މިނިސްޓްރީން ދެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

އެޑިޔުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ވޭމަންޑޫ ސްކޫލުގެ ތިން ފަންގިފިލާގެ އިމާރާތުގެ ނުނިމިހުރި މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ ޓިކް ޓެކް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާއެވެ. މާވަށު ސްކޫލުގެ ނުވަ ކްލާސްރޫމް އިމާރާތުގެ ނުނިމިހުރި މަސައްކަތް ކުރުމަށް ހަވާލުކުރީ އިވޯސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. 

ވޭމަންޑޫ ސްކޫލުގެ ތިން ފަންގިފިލާގެ އިމާރާތުގެ ނުނިމިހުރި މަސައްކަތް ކުރުމަށް ޓިކް ޓެކް އިންވެސްޓްމެންޓާ ހަވާލުކޮށްފައިވަނީ 13.3 މިލިއަން ރުފިޔާއަށެވެ. އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ 365 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ. ވޭމަންޑޫ ސްކޫލުގެ މަސައްކަތުގެ އެއްބަސްވުމުގައި އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސީނިއަ ޕޮލިސީ ޑިރެކްޓަރު ނައުޝާދު އިބްރާހީމެވެ. ޓިކް ޓެކް އިންވެސްޓްމެންޓްގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެ ކުންފުނީގެ ޗީފް ފައިނޭންޝިއަލް އޮފިސަރު އިސްމާއިލް ޒަހުރާން ޒުބައިރެވެ.

your imageވޭމަންޑޫ ސްކޫލުގެ ނުނިމިހުރި މަސައްކަތް ކުރުމަށް ޓިކް ޓެކް އިންވެސްޓްމެންޓާ ހަވާލުކުރުން - ފޮޓޯ:އެޑިޔުކޭޝަން މިނިސްޓްރީ

މާވަށު ސްކޫލުގެ ނުވަ ކްލާސްރޫމް އިމާރާތުގެ ނުނިމިހުރި މަސައްކަތް ކުރުމަށް އިވޯސަން މޯލްޑިވްސްއަށް ހަވާލުކުރީ 8.81 މިލިއަން ރުފިޔާއަށެވެ. އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 365 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މާވަށު ސްކޫލުގެ މަސައްކަތުގެ އެއްބަސްވުމުގައި އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރައްވާފައިވަނީ ސީނިއަ ޕޮލިސީ ޑިރެކްޓަރު ނައުޝާދު އިބްރާހީމެވެ. އިވޯސަން މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު ހުސައިން ވަހީދެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް