ads
ޔަމަހާގެ މެކޭނިކުންނަށް ކުރިއަށް ގެންދާ ޓެކްނިކަލް ޓްރެއިނިން ޕްރޮގްރާމުގެ ތެރެއިން - ފޮޓޯ:އެލިއާ
ޔަމަހާ މެކޭނިކުންގެ ތަޖުރިބާ އިތުރަށް ފުރިހަމަކުރުމަށް ތަމްރީން ޕްރޮގްރާމެއް
ޔަމަހާ މެކޭނިކުންގެ ތަޖުރިބާ އިތުރަށް ފުރިހަމަކުރުމަށް ޓެކްނިކަލް ޓްރެއިނިން ޕްރޮގްރާމެއް ފަށައިގެން ކުރިއަށް އެބަދެއެވެ.
Advertisement

މިއީ ޔަމަހާ ޖަޕާނުގެ ޓެކްނިކަލް އެކަޑަމީ އާއި އެލިއާ އިންވެސްޓްމަންޓްސް ގުޅިގެން ރާއްޖޭގައި ހިންގޭ ޔަމަހާ ޓެކްނިކަލް ޓްރެއިނިންގެ ދެވަނަ ޕްރޮގްރާމެވެ.

އެލިއާއިން ބުނީ ޔަމަހާ ސައިކަލު އަދި އައުޓްބޯޑު ސާވިސް ކުރުމަށް ބާއްވާ މި ޓެކްނިކަލް ޓްރެއިނިންތަކަކީ ޔަމަހާ ޓެކްނިކަލް އެކެޑަމީން ޖަޕާނުގައި އާންމުގޮތެއްގައި ޔަމަހާގެ ޑިސްޓްރިބިއުޓަރުންނަށް ދެވޭ ޔަމަހާ ބޮރޯންޒް ލެވެލްގެ ޓްރެއިނިންތަކެއް ކަމަށެވެ.

މި ޓްރެއިނިންތަކުގެ މައިގަނޑު މަގުސަދަކީ މެކޭނިކުންގެ ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމާ އެކު، ޔަމަހާގެ ކޮންމެ ޕްރޮޑަކްޓަކަށް ބޭނުންވާ ސާވިސްކުރުމުގެ ތަޖުރިބާ ރާއްޖޭގެ ކޮންމެ ކަންކޮޅަކުންވެސް ފޯރުކޮށްދިނުން ކަމަށް އެލިއާއިން ބުނެއެވެ.

އެލިއާއިން ބުނެފައިވަނީ މި ޓްރެއިނިން ޕްރޮގްރާމްތަކުގައި އެކި އިދާރާތަކުންނާއި އަމިއްލަ ކުންފުނިތަކުން ޖުމްލަ 52 ފަރާތަކުން ބައިވެރިވެފައިވާ ކަމަށެވެ. ޔަމަހާގެ އިރުޝާދާ އެކު މި ޓްރެނިންތައް ފޯރުކޮށްދޭނީ ޔަމަހާ ސަޓިފައިޑް އަދި އެތައް އަހަރެއްގެ ތަޖުރިބާ ލިބިފައިވާ އެލިއާގެ ސީނިއަ މެކޭނިކުންގެ ޓީމަކުން ކަމަށް އެ ކުންފުނިން ބުނެއެވެ. އެލިއާއިން ބުނީ ޓްރެއިނިން ޕްރޮގްރާމް ކުރިއަށް ދާނީ މި މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. މި ޓްރެއިނިންގައި ތިއަރީ އަދި ޕްރެކްޓިކަލް ސެޝަންތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައި ކަމަށް އެލިއާއިން ބުނެއެވެ.

your imageޔަމަހާގެ މެކޭނިކުންނަށް ކުރިއަށް ގެންދާ ޓެކްނިކަލް ޓްރެއިނިން ޕްރޮގްރާމުގެ ތެރެއިން - ފޮޓޯ:އެލިއާ

ޔަމަހާ އާއި އެލިއާގެ ގުޅުމަށް 50 އަހަރު ގުނަމުންދާއިރު، ގިނަ އަދަދެއްގެ ބަޔަކު ޔަމަހާގެ ތަފާތު ޓްރެއިނިންތަކުން ތަމްރީނުކުރެވިފައިވާކަން އެލިއާއިން އުފަލާ އެކު ފާހަގަކުރެއެވެ. ޔަމަހާގެ އައުޓްބޯޑު އިންޖީނުތައް ވަނީ ރާއްޖޭގެ ކަނޑުތަކުގައި ޓެސްޓުކުރެވި، ކަސްޓަމަރުންގެ އިތުބާރު ހޯދާފައެވެ. އަދި ކޮންމެ ވަގުތަކުވެސް އިންޖީނުތަކުގެ ސްޕެއަ ޕާޓްސް ޔަމަހާގެ ރާއްޖޭގެ ސޯލް ޑިސްޓްރިބިއުޓަ އެލިއާއިން ލިބުމަކީ ޔަމަހާގެ ކަސްޓަމަރުންނަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.

އެލިއާއިން މުޖުތަމައަށް ބޭނުންތެރި މިފަދަ ތަފާތު ޓްރެއިނިން ޕްރޮގްރާމްތައް ރާއްޖޭގައި ހިންގަމުންދެއެވެ. އެގޮތުން ލޯންޗުތަކުގެ ކެޕްޓަނުންނަށް އަމާޒުކޮށްގެން 2014 ވަނަ އަހަރުން ފެށިގެން ބާއްވަމުންދާ ބޯޓް އޮޕަރޭޓާސް ޓްރެއިނިން ޕްރޮގްރާމް ކޮވިޑްގެ މެދުކެނޑުމަށްފަހު މި އަހަރު ވަނީ ފަށާފައި ކަމަށް އެލިއާއިން ބުނެއެވެ.

އެލިއާއިން ބުނި ގޮތުގައި ޒަމާނީ އަދި ތަޖުރިބާކާރު އުފެއްދުންތައް ޔަމަހާއިން ތައާރަފު ކުރަމުންދާއިރު، އެ ކުންފުނީގެ މަގުސަދަކީ މި ސިނާއަތުގައި ވީހާވެސް ގިނަ ދިވެހި މެކޭނިކުން ތަމްރީނު ކުރެވިފައި ތިބުން ކަމުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް