ads
ރައީސް ސޯލިހުގެ ކެމްޕޭންގެ ތަރުޖަމާނު، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މާލޭގައި ދޮރުން ދޮރަށް ހިންގެވުމުގެ ހަރަކާތެއް މިއަދު ކުރިއަށް ގެންދަވަނީ
މާފަންނުން ދޮރުން ދޮރަށް ހިންގަވަން މާރިޔާ މިއަދު ވެސް ނުކުންނަވައިފި
ރައީސް ސޯލިހުގެ ކެމްޕެއިން ކޯޑިނޭޓަރު މާރިޔާ އަހުމަދު ދީދީ މާފަންނުގެ ގޭގެއަށް ދޮރުން ދޮރަށް ހިންގަވާ ކެމްޕެއިނަށް އަނެއްކާވެސް ހިންގަވަން ފަށްޓަވައިފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ތާއީދު ހޯދުމުގެ ގޮތުން މިއަދު މާފަންނުގެ ގޭގެއަށް ޒިޔާރަތް ކުރައްވާފައިވާއިރު އެކަމަނާ ވަނީ މީގެ ކުރިންވެސް އިންތިހާބުގެ ފުރަތަމަ ބުރުގައިވެސް މާފަންނުގެ ގޭގެއަށް ޒިޔާރަތް ކުރައްވާފަ އެވެ. 

އެމްޑީޕީން ވަނީ މިއަދު މާލޭގެ ހަތަރު އަވަށުގައިވެސް ކެމްޕެއިން ހަރަކާތްތައް ކުރިއަށްދާނެ ކަމަށް ބުނެފަ އެވެ. 

މާރިޔާގެ އަރިހުގައި އެމްޑީޕީގެ މާފަންނު މެދު ދާއިރާގެ ރައީސް އަހުމަދު އާމިރުގެ އިތުރުން ކެމްޕޭން ޓީމުގެ އިތުރު ބޭފުޅުން ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.

your imageމިނިސްޓަރު މާރިޔާ އަހުމަދު ދީދީ މާލޭގައި ދޮރުން ދޮރަށް ހިންގެވުމުގެ ހަރަކާތެއް

ސެޕްޓެމްބަރު 9 ބޭއްވި އިންތިހާބުގެ ފުރަތަމަ ބުރުގައި މުއިއްޒަށް 45.1 ޕަސެންޓު ވޯޓު ލިބިފައިވާއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 38.2 ޕަސެންޓު ވޯޓެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން، އޮންނާނީ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު އެވެ.

58%
ކަމުގޮސްފި
8%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
8%
ވަރަށް ސަލާމް
ކޮމެންޓްސް