ads
ހައިވޭގައި މިއަދު ހިނގި އެކްސިޑެންޓް. ފޮޓޯ: މިހާރު
ޓެކްސީއެއް ސޯލާ ޕެނަލްތަކަށް އަރައި އެކްސިޑެންޓް ވެއްޖެ
ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ޓެކްސީއެއް، ހައިވޭގައި ގާއިމް ކުރަން ފަށާފައިވާ ސޯލާ ޕެނެލް ތަކަށް އަރައި އެކްސިޑެންޓް ވެއްޖެއެވެ.

މިކަމާއި ގުޅިގެން ދިވެހިން ފުލުހުން ހިދުމަތުން ބުނެފައިވަނީ، ހައިވޭގެ ހަތަރުލޭން އިން ހުޅުމާލެއިން މާލެ އަށް ދަތުރުކުރި ޓެކްސީ އެއް ކޮންޓްރޯލް ނުވެ ގޮސް ސޯލާ ޕެނެލް ތަކުގައި ޖެހި އެކްސިޑެންޓް އެއް ހިނގާފައިވާ ކަމަށް މިއަދު 7:10 ހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާ އެއް ނުވާކަމަށާއި، އެހެންނަމަވެސް، ޓެކްސީ އަށާއި، ސޯލާ ޕެނެލްތަކަށް އެކިވަރުގެ ގެއްލުންތައް ވެފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި މިހާދިސާއާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންތައް ބަލަމުން އަންނަ ކަމަށްވެސް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފައިވެއެވެ.

ސިނަމާލެ ބްރިޖް އާއި ބްރިޖް އާއި ގުޅިފައިވާ ހައިވޭގައި މީގެ ކުރިންވެސް ނުރައްކާތެރި އެތަކެއް އެކްސިޑެންޓްތަކެއް ހިނގާ، ބައެއް އެކްސިޑެންޓް ތަކުގައި ފުރާނަ ގެއްލިފައިވާ ކަންވެސް ފާހަގަ ކުރެވެއެވެ. މިކަމާއި ގުޅިގެން، ދިވެހި ފުލުހުންގެ ހިދުމަތުން، ބްރިޖް އަދި ހައިވޭ ބޭނުންކުރާ ފަރާތްތަކުން، ވިހާވެސް ބޮޑަށް ރައްކާތެރި ކަމުގެ ފިޔަވަޅު އަޅުއްވައިގެން ބްރިޖް އަދި ހައިވޭ ބޭނުންކުރުމަށާއި، ގަވާއިދުގައި ބަޔާންކޮށްފައި އޮންނަ ސްޕީޑް ލިމިޓަށްވުރެ ބާރަށް ނުދުއްވުމަށް އިލްތިމާސް ކުރަމުންދެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް