ads
މާޒިޔާ - ބަޝަންދުރާ ކިންގްސް މާލޭގައި ކުޅުނު މެޗުގެ ތެރެއިން
މާޒިޔާއާ ކުޅެން ބަޝަންދުރާ ކިންގްސް މާދަމާ މާލެ އަންނަނީ
އޭއެފްސީ ކަޕްގައި މާޒިޔާއާ ދެކޮޅަށް ކުޅެން، ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝަންދުރާ ކިންގްސް މާދަމާ މާލެ އަންނާނެއެވެ.
Advertisement

ބަޝަންދުރާ ކިންގްސްއަކީ، ކުރިން ނިއުރޭޑިއަންޓަށް ކޯޗުކޮށްދިން އޮސްކާ ބްރޫޒޯން ކޯޗު ކޮށްދޭ ޓީމެވެ. އޮސްކާ 2018 ވަނަ އަހަރު ރާއްޖޭގައި ނިއުއާއެކު މަސައްކަތް ކުރުމަށް ފަހު ބަންގްލަދޭޝްއަށް ބަދަލުވެ، އެ ގައުމުގެ ހުރިހާ މުބާރާތެއްހެން އަންނަނީ ކާމިޔާބު ކުރަމުންނެވެ.

އޭއެފްސީ ކަޕުގައި މާޒިޔާއިން ކުޅެން ޖެހޭ ފުރަތަމަ މެޗު މި ފަހަރު އޮންނާނީ އަންނަ ހަފްތާގައި ރަސްމީ ބޯޅަ ދަނޑުގައެވެ. އަންނަ އަންގާރަ ދުވަހު ރަސްމީ ދަނޑުގައި ކުޅޭ މި މެޗު ފަށާނީ މެންދުރު ފަހު ތިނެއް ޖަހާއިރުއެވެ.  

ބަޝަންދުރާ ކިންގްސްއާ ދެކޮޅަށް މާލޭގައި ކުޅޭ މެޗުން މާޒިޔާ އޭއެފްސީ ކަޕް މި އަހަރު ފަށާއިރު، އެ މެޗު ވެގެންދާނީ މާޒިޔާއިން ބަޝަންދުރާ ކިންގްސްއާ ދެކޮޅަށް ކުޅޭ ތިންވަނަ މެޗަށެވެ. މިދިޔަ އަހަރާ އޭގެ ކުރީ އަހަރުވެސް މާޒިޔާއިންވަނީ އޭއެފްސީ ކަޕުގައި ބަޝަންދުރާއާ ދެކޮޅަށް ކުޅެފައެވެ. މިދިޔަ އަހަރު ސެންޓްރަލައިޒްޑްކޮށް އިންޑިޔާގައި ގްރޫޕް ސްޓޭޖުގެ މެޗުތައް ކުޅުނު އިރު އޭގެ ކުރީ އަހަރު ކުޅުނީ މާލޭގައެވެ.

މާޒިޔާގެ ދެވަނަ މެޗު، އޮކްޓޫބަރު މަހުގެ ދެވަނަ ދުވަހު ކުޅޭނީ ކަލްކަތާގައި އިންޑިޔާގެ މޯހަން ބަގާންއާ ދެކޮޅަށެވެ. އަދި ތިންވަނަ މެޗު، އިންޑިޔާގައި ކުޅޭނީ އޮޑިއްޝާ އެފްސީއާ ދެކޮޅަށެވެ. ހޯމް އެންޑް އަވޭ އުސޫލުން މެޗުތައް ކުޅޭއިރު، މާޒިޔާގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗު ކުޅޭނީ މާލޭގައި ޑިސެމްބަރު މަހު 11 ވަނަ ދުވަހު، މޯހަން ބަގާންއާ ދެކޮޅަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް