ސެނެގަލްއަށް އުފަން މި ޓިކްޓޮކް ސުޕަ ސްޓާ ވަނީ މައްކާގައި ހޭދަކުރި ވަގުތުތަކުގައި ލިބުނު ރޫހާނީ ހިތްހަމަޖެހުމާއި އުފާވެރިކަން ފާޅުކޮށްފައެވެ.
ޓިކްޓޮކުގައި 143 މިލިއަނަށްވުރެ ގިނަ ފޮލޯވަރުން ތިބި، ޓިކްޓޮކްގެ އެންމެ މަޤްބޫލު ކޮންޓެންޓް ކްރިއޭޓަރު ވަނީ އޭނާގެ ކާމިޔާބީގެ ފަހަތުގައިވާ އީމާންތެރިކަމުގެ ވާހަކަ ދައްކާފައެވެ. ޅަފަތުގައި ޤުރުއާން ހިތުދަސްކުރި ޚަބީ ވަނީ އޭނާގެ ދިރިއުޅުމުގައި ދިމާވި ގޮންޖެހުންތަކުގައި އިސްލާމްދީނުން ލިބުނު ހިތްވަރުގެ ވާހަކަވެސް ހާމަކޮށްފައެވެ.
މި ދަތުރުގައި އޭނާ ވަނީ އިޖްތިމާއީ ވިއުގަތަކުގައި ގިނަ ފޮޓޯތަކާއި ވީޑިއޯތައް ޝެއަރކޮށް، އޭނާގެ ފޮލޯވަރުންނަށް މި ރޫހާނީ ދަތުރުގެ ތަޖުރިބާތައް ދައްކުވައިދީފައެވެ. އަދި އޭނާގެ ކާމިޔާބީގެ ސިއްރަކީ މާތްﷲ އަށް ޝުކުރުވެރިވުމާއި އީމާންތެރިކަން ކަމުގައި ބުނެފައިވެއެވެ.